ކުއްލި ޚަބަރު

ބަލަން ތިބޭކަށް ނެތިން، ހިތްހަމަ ޖެހިގެނެއް ނޫން މިތިބެނީ: މެމްބަރު ޝަހީމް

ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ސަރުކާރުން ކަންކަން ނުކުރެވޭކަމަށް ދައްކަން މަސައްކަތް ކުރަމުންދާ އިސްވެރިން ފަހަތަށް ޖެހިވަޑައިގެން ގޭގައި ތިއްބެވުމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުނު އިސްލާހުތައް ފާސްކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަށް ރިއާޔަތްކޮށް ޝަހީމް ވިދާޅުވީ ރައީސުލް ޖޫމްހޫރިއްޔާއަށް ރައްޔިތުން އެތަކެއް ބާރުތަކެއް ދީފައިވާއިރު ސަރުކާރުގެ މިނިސްޓްރީތަކާއި ވުޒާރާތަކުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުގެ ދަށުން ވަކި ތާރީޚަކަށް ވަކި ކަމެއް ވާންޖެހޭނެކަމަށް އަންގަވާ ކަންކަމުގައި "ބޮޑު ނަގުލަށް" ހިފާލައިގެން ތިބުމަކީ ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

ހެންވޭރުގެ ބޮޑު ހުޅުގެ ހާދިސާއަށް ނިސްބަތް ކުރައްވައި ބޮޑެތި ކާރިސާތަކާއި އަލިފާނުގެ ހާދިސާތައް ހިނގައި އެތައް ތަނެއްގައި ރޯވެ 400 އަށްވުރެ ގިނަ ފަރާތްތައް މަގުމަތިވިއިރު، ސަރުކާރުގެ ބޮޑެތި ކުންފުނިތައް ތިބީ ބަލަން ކަމުގައި ޝަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް މީހުން ތިބީ އަތްޖަހަން ކަމަށާއި އެ ހާދިސާއަށް 15 ދުވަސް ވެގެން ދިޔަ އިރުވެސް ސަރުކާރަށް އެ ސަރަހައްދު ސާފުކޮށް ނުނިމޭކަމަށެވެ.

ދެ މަސްދުވަސް ތެރޭގައި ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވުމުން އެކަން ވާންޖެހޭނެކަމަށް ޝަހީމް ވަނީ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ. އަދި އެކަން ނުވަންޏާ މަގާމްތަކުގައި ތިބުމުގެ ބޭނުމެއް ނެތްކަމަށާއި ކަމާއިބެހޭ މީހުން ގޮސް ގޭގައި ތިބުން މާ ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ހެޔޮވަރު ބޯހިޔާވަހިކަމެއް ދެއްވަން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީމަ އެކަން ހިނގަން ޖެހޭ. އެކަން ނުކުރެވޭ މިނިސްޓަރުވެސް ދާންވީ ގެޔަށް. އަޅުގަނޑުމެން މިއުޅެނީ ތަފާތު ޕާޓީތަކާއި އެކުގައި ކޯލިޝަން ހަދައިގެން ސަރުކާރުގައި. ނުވާކަމަށް ވެއްޖެއްޔާ ގެޔަށް ވަޑައިގަންނަވަންވީ. ވާންޖެހޭ. އަޅުގަނޑުމެންގެ ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާއަށް ކަންކަން ނުވާކަން ދައްކަން އެއްވެސް ވުޒާރާއަކުން އުޅުއްވާނެކަމެއް ނެތް". އެކަން ބަލަން މި މަޖިލީހުން ނުތިބޭނެ." މެމްބަރު ޝަހީމް ވިދާޅުވިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައިސް ސާލިހުއާއި ޖައްސަން "ބައެއް" ވެރިން ކުރާ މަސައްކަތް ހުއްޓާލުމަށް ޝަހީމް ވަނީ ގޮވާލައްވާފައެވެ. އަދި އެދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅާކާއި ޖައްސަން ކުރާ މަސައްކަތަކީ ފޫނެއްފަޔަށް ފެން ފުރުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/icade11/videos/688438984900560/

"ސަރުކާރުގައި ދީފަ އޮތް ހިއްސާ އަޅުގަނޑުމެން ރީކޮންސިޑަރ ކުރަން ރައީސް ސާލިހު އަށް މަޝްވަރާ އެރުވިދާނެ. އެހެންވީމާ މި އިއްޒަތްތެރި މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ރައީސް އާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއާއި ޖައްސަން އެއްވެސް.. އެންމެ ޕޯޑިއަމެއް ހުރި ޕާޓީއެއްގެ މެމް.. ވެރިއަކު ކުރާ މަސައްކަތް ހަމަ މިހާރުން މިހާރަށް ހުއްޓާލަން އަޅުގަނޑު ގޮވާލަން. އެމްޑީޕީގެ 189 އަކަށްވުރެ ގިނަ ޕޯޑިއަމް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނާނެ. އެހެންވީމަ އެމްޑީޕީއިން ގޮވޭ އެއްޗެހި މާގިނަވާނެ. އެމްޑީޕީގެ ރައީސް އަށް ގޮވޭނެ އެއްޗެހި މާގިނަވާނެ. މި އިއްޒަތްތެރި މަޖިލީހުގެ ރައީސްއަށް ގޮވޭނެ އެއްޗެހި މާގިނަވާނެ. ޝަހީމް ވިދާޅުވިއެވެ.

ކަންކަން ނުކުރެވޭ ވަޒީރުންނަށް ނުސީދާގޮތަކަށް އިޝާރާތްކުރައްވައި ޝަހީމް ވިދާޅުވީ އެފަދަ ވަޒީރުން މަގާމުން ބޭރުކުރުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ލަފާ ރައީސް ސާލިހުއަށް އަރުވަން ޖެހިދާނެކަމަށެވެ. އެހެން ނޫނީ ރައީސް ސާލިހުއަށް ކަންކަން ނުވާކަން ދެއްކުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލައި ފަހަތަށް ޖެހި އިމުގައި ތިބުމަށް އޭނާ ވަނީ ނުސީދާގޮތެއްގައި ކޯލިޝަންގައި ހިމެނޭ ވަޒީރުންނާއި ކުންފުނިތަކާއި މުއައްސަސާތަކުގެ އިސްވެރިންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑެމެން ބަލަން ތިބޭކަށް ނެތިން. އަޅުގަނޑުމެން ހިތްހަމަ ޖެހިގެނެއް ނޫން މިތިބެނީ ސަރުކާރުން (ކޯލިޝަނަށް) ދީފައިއޮތް ހިއްސާއަކީ އެކަށީގެން ނުވާ ބޮޑު އަދަދެއްގެ ހިއްސާއެއް". ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ފާސްކުރެވުނު ޓެރަރިޒަމްގެ ބިލަށް އަލި އަޅުއްވައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، އެ ބިލަކީ ހައްދުފަހަނައަޅާފައިވާ "ވަދު ކަނޑާ" ޝެއިޚުންނާއި ހައްދުފަހަނައަޅާފައިވާ ޕާކިސްތާނުގެ ކަރާޗީ ލޮރީ ދުއްވާ މީހުން އަޅާ ފާޑުގެ ހެދުން އަޅައިގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އެ ފަރާތްތަކުގެ އިންތަކާއި މިންތައް ބުނެދޭ ބިލެއް ކަމުގައެވެ.

ޓެރަރިޒަމް މަނާކުރުމާއި ހުއްޓުވުމާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެންނަން ބޭނުންވި އިސްލާހާއި ގުޅޭ ބިލު ސްޕޮންސަރކޮށްފައިވަނީވެސް މެމްބަރު ޝަހީމެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: