ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިވެސް އަތުރާލާފައި އޮތް ފަޓާހެއް، އަޑު ގޮވާފައި ގޮވައިގެން ދާނީ ބަރިއަކަށް!

މިވަގުތު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ: ފޮޓޯ - މުހައްމަދު އަލީ (މޮގާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއް ގޮވާ، ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ހަފްތާއެއް ފާއިތުވެ ގޮސްފިއެވެ. ޖުމްލަ ހަތް ގެއެއް ބޭނުން ނުކުރެވޭ ވަރަށް އެ ހާދިސާގައި އަނދާ އަޅިއަށް ވެގެންދިޔައެވެ. ބާރު ގަދަ ގޮވުމަކާއި އެކު، ހިނގި އެ އަލިފާނުގެ ހާދިސާއަކީ އިހުމާލާއި، ޒިންމާގެ ނިދިން އެތައް ބަޔަކު ހޭ ލައްވާލި ބިރުވެރި ހާދިސާއަކަށެވެ. މި ހާދިސާއާއި އެކު، ޒިންމާ ނަގަންޖެހޭ އެތައް ބަޔަކު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ފެށީ ދިވެހި ރާއްޖޭގެ މީޑިއާތަކުންނެވެ. މިކަމުގައި ސޯޝަލް މީޑިއާވެސް އިސްދައުރެއް އަދާކުރިއެވެ.

ކަމާއި ބެހޭ މުވައްސަސާތަކަށް ގުޅާ، ބާރުގަަދަ އަދި ނުރައްކާތެރި ކެމިކަލް ގުދަންތައް މާލެއިން ބޭރު ކުރުމަށް ޕްރެޝަރު ކުރަމުންދިޔައިރު، އެއާއި އެއްވަރަށް އާއްމުން ދިޔައީ ކެމިކަލް ހުރި ގުދަންތަކުގެ މައުލޫމާތު އާއްމު ކުރަމުންނެވެ. އަލިފާނުގެ ހާދިސާ ހިނގިރޭ، އެމްއެންޑީއެފްއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް ކެމިކަލް ގުދަންތައް އިންސްޕެކްޓު ކުރިކަމަށެވެ. އަދި މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް އެ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށެވެ.

ތިލަފުށި ގުދަނުގައި ރޯވުން، މާލޭގައި ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ

އެހެން ކަމުން، ކައިރި ކައިރީ ދެ އިންސްޕެކްޝަންއެއް ކުރިޔަށް ގެންދިޔައިރު އެމްއެންޑީއެފްއަށް ލިބުނު ކުރިއެރުމެއް ނެތީކަމަށް ކަނޑައަޅަންވީ ތޯއެވެ. ނުވަތަ މި ތޮއްޖެހިފައިވާ މާލޭގައި ހުރިހާ ގުދަންތަކެއް ހުރީ “ގަވައިދާ” އެއްގޮތަށް ކަމަށް ނިންމަން ވީ ތޯއެވެ. ހަގީގަތަކީ އިހުމާލު ވެއްޖެ ކަމެވެ. އިންސްޕެކްޝަން ތަކުގެ ތެރެއިން، ބައެއް ކުންފުނިތަކުގެ މައްސަލަ އެމްއެންޑީއެފްއިން ބަލަން ވެސް ފެށިއެވެ. ނަމަވެސް، އޭރު ވެރިކަމުގައި ހުންނެވީ ޔާމީން އަބްދުލް ގައްޔޫމެވެ. ޑިފެންސް މިނިސްޓަރަކަށް މިހާރުގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބް ލީޑަރު އާދަމް ޝަރީފް އުމަރުއެވެ. ސިޔާސީ އެތައް ބައެއްގެ ނުފޫޒާއި، ބާރުގަދަ އެތައް ވިޔަފާރިވެރިންގެ ސަބަބުން ބައެއް ގުދަންތަކުގެ މައްސަލައިގެ ކޭސް ޖެހުނީ އެކީ “ކްލޯޒް” ކޮށްލާށެވެ. މިއީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުއަށް ތިލަފުށި ގޭގައި ހުރި ގުދަނާއި ބެހޭ ޝަކުވާތަކުގެ ސިޓީތައް ހުށަހެޅިކަމަށް ދޮގު ކުރަން ނުކެރޭނެ ބީދައިން އާދަމް ޝަރީފްއަށް ވެސް ދޮގު ކުރަން ނުކެރޭނެ ވާހަކައެކެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް- ގުދަނެއްގެ މައްސަަލަ ބެލި އެކަން ހުއްޓުވީ ބައެއްގެ ނުފޫޒުން / ފޮޓޯ: އެމްއެންޑީއެފް

މިހުރިހާ ކަމެއްގެ ތެރެއިން، ސޯޝަލް މީޑީއާގައި އާއްމުވަމުންދިޔަ ގުދަންތަކުން، އެއް ގުދަނާއި ބެހޭ މައުލޫމާތު ހިއްސާކުރީ ސަންގުއިންނެވެ. ކެމިކަލް ފީފާތަކެއް ގުދަން ތެރެއަށް ވައްދަނިކޮށް، ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކުމުން އެ ސަރަހައްދަށް ފުލުހުން ދިޔައެވެ. ނަމަވެސް، އެ ކުންފުނިން ފުލުހުންގެ މޫނުގެ މައްޗަށް ޖަހާލީ ޑިފެންސް މިނިސްޓްރީއިން ދޫކޮށްފައިވާ ހުއްދައިގެ ސިޓީއެވެ.

https://twitter.com/FathmathZaha/status/1175667084312727553

ހުރިހާ ކަމެއްވެސް ކުރަން މިޖެހެނީ މީޑިއާތަކާއި ސޯޝަލް މީޑިއާއެވެ. އިންސްެޕެކްޝަންތަކަށް ފަހުވެސް، އެމްއެންޑިއެފްއަކަށް ބާރުގަދަ، އަދި ރާއްޖެއަށް އެތެރެ ކުރަން މަނާ ކެމިކަލްގެ ބާވަތްތަކެއް ނުފެނެއެވެ. ރިޕޯޓުގައި ހިމަަނާލަން ބޭނުންވާ އިތުރު ވާހަކައެއް އެބައޮތެވެ. ކެމިކަލް ގުދަނެއް ނޫނަސް، މިއީ ހަމަ ބަރި ބަރިއަށް ގޮވަން ތައްޔާރުވެފައި އޮތް ބޮމެކެވެ. މީގެ ކުރިން މީހެއްގެ ހިތަށްވެސް އައިސްފައި ނުވާ މިވާހަކައިން، ކޮންމެ މީހެއްގެ ވެސް ހިތް ބިރު ގަންނާނެއެވެ.

އީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އެންމެ ފޮޓޯގަނޑެކެވެ. ނަމަވެސް، އެ ސަރަހައްދަށް ދިއުމުން، މާ ރީއްޗަށް ވިއު ފެންނާނެ ކަމަށް ބެލެވެއެވެ. މޫނު މައްޗަށް ދޮރުޖަހާލާނެ މީހެއްވެސް ނުހުންނާނެއެވެ. މިއީ މާލޭ ދެކުނު ފަރާތު ބޮޑު ތަކުރުފާނު މަގުން ކޮންމެ ދުވަހަކު ކޮންމެ އިރެއްގައި ހަމަ ލޮލަށް ފެންނާނަ އޮތް “ބޮމެކެވެ”.

މާލޭގެ ކޮންމެ މަގަކީވެސް ތޮއްޖެހި ބާރުވެފައިވާ މަގެކެވެ. ސައިކަލުތަކުގެ ބަރުގޮނާއި، އިމާރާތް ކުރުމުގެ މަސައްކަތުގެ އަޑު ނުކެނޑެއެވެ. ބޮޑު ތަކުރުފާނު މަގަށް ބަލާއިރު، މިއީ މީހުން ދިރިއުޅޭ ގެތައް ނެތް މަގަކަށް ފަހަރުގައި ވެދާނެއެވެ. ނަމަވެސް، މިއީ އެންމެ ގިނަ މަސައްކަތްތައް ކުރިޔަށްދާ، 24 ގަޑިއިރު ވެހިކަލްތައް ދުއްވާ މަގެކެވެ. ނަމަވެސް، މިއަދާއި ހަމައަށް އެއްވެސް މީހެއްގެ ހިތަކަށް މި މަގުގައި އަތުރާލާފައި އޮތް “ފަޓާހެއް” އޮވެދާނެކަމަށް ހިތަކަށް ނާރާނެއެވެ. މާލޭގެ މަޝްހޫރު އުސްފަސްގަނޑު ސަރަހައްދުން ފެށިގެން އިންޑަސްޓްރިއަލްއާއި ހަމައަށް ނަޒަރު ހިންގާލާށެވެ. އަތުރާލާފައި އޮތް ބޮމެކެވެ. ކުޑަކުއްޖަކު ލެގޯ ގޭމް ކުޅޭއިރުވެސް މިއަށްވުރެ ރަނގަޅަށް ކަމަކަށް އިސްކަންދޭނެއެވެ. ސްޓެލްކޯގެ މެއިން ޕްލާންޓާއި، ޕެޓްރޯލް ޝެޑުތަކާއި، ކެފޭތައް މި މަގުގައި އެބަހުއްޓެެވެ.

މި ދެންނެވި ސަރަހައްދުން ފެށިގެން އިންޑަސްޓްރިއަލްއާއި ހަމައަށް ނަޒަރު ހިންގާލާއިރު މާލޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރި ކުރާ މޯލްޑިވް ގޭސް ގުދަނާއި، ވިލާ ގޭހުގެ މެއިން ގުދަނާއި އެތަނުގެ މައި އޮޕަރޭޝަން ސެންޓަރު، އެމްޑަބްލިއުއެސްސީގެ މެއިން ކެމިކަލް ގުދަންނެވެ. މި ގުދަން ހުންނަނީ، ކަންދިމާ ކުރި ގޮތުން ދެ ގޭސް ގުދަނުގެ ދެމެދުގައެވެ. އެތައް ސަތޭކަ ގޭސް ފުޅި މި ގުދަންތަކުގައި ހުންނާނެއެވެ.

އެ ތަނާއި ޖެހިގެން އެ އިނީ، ހަކަތަ ޕެޓްރޯލް ޝެޑެވެ. ދެން އެފްއެސްއެމްގެ ޕްޓްރޯލް ޝެޑެވެ. މިއީ ހަމައެކަނި، ބޮޑު ތަކުރުފާނުގެ ވާހަކައެއް ނޫނެވެ. މި ދެންނެވި ގުދަނުގެ ފަހަތަށް ވާގޮތަށް އެއޮތީ މަޝްހޫރު ނީލަން ފިހާރައެވެ. އެއާއި އެކު، ދެން އެތަނުގައި އެއިނީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މީހުން ހުސްނުވާ މަޝްހޫރު “ތާސީރު ކެފޭއެވެ”. ބޮޑެތި އަލިފާންލާ ކޮންމެ ދުވަހަކު ކައްކަނީ ހަމަ އެ ކެފޭގެ ބޮޑު ބަދިގޭގައެވެ.

އާއްމުންގެ މީހަކު، ސޯޝަލް މީޑިއާއަށް މި ހުރިހާ ސުވާލެއް ދޫކޮށްލުމުގެ ކުރިން، މިކަން ހިތަށް ގެނެވުނު މީހެއްވެސް ނެތެވެ. ދެ މީހެއްގެ ދެ މެދުގައި މި ވާހަކަ ދެކެވިފައި ވެސް ހުރެދާނެއެވެ. އެހެން ނަމަވެސް، އަހަރެންވެސް މިކަމާ ވިސްނަން ޖެހުނީ ފިލްމު ކުންފުނި ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ފޭސްބުކްއަށް ލާފައި ހުރި ފޮޓޯއާއި އެ ފޮޓޯގެ ތަފްސީލު ފެނިއެވެ.

https://www.facebook.com/photo.php?fbid=2867274739967336&set=a.785706638124167&type=3&theater

މިހުރިހާ ވާހަކައަކަށް އެންމެން ދޫކޮށްލީ، އެއް ވާހަކައެކެވެ. “ބަލަ ތިކަން ރޭކާލީ، މިއަދު ތަ؟”. އާނ އެކެވެ. ހޭ އެރީ މިއަދުއެވެ. އެހެންވެ މިއަދު މި ވާހަކަތައް ދައްކަނީއެވެ. ސަބަބަކީ މީގެ ކުރިން ހިނގި ހާދިސާތަކުން އިބުރަތް ހާސިލް ނުކުރެވުނީމައެވެ.

https://twitter.com/NasrullaMohame5/status/1177647369946419200

ހަމަގައިމުވެސް 2016، އޭޕްެރިލް 18 މަތީން ހަނދާން ނެތޭނެ މީހަކު މި މާލެއަކު ނެތެވެ. ކޯސްޓްލައިންގެ ހާޑްވެއާ ބޮޑު ފިހާރާގައި ރޯވި އަލިފާނަކީ އެއީ މުޅި މާލެވެސް ހުއްޓުމަކަށް އައިވަރުގެ ބޮޑު އަލިފާނުގެ ޙާދިސާއެކެވެ. ފަސް ހަ ގެއަކަށް ވީ ބޮޑެތި ގެއްލުންތަކަކާއި އެކު، މުޅި ހާޑްވެއާ ފިހާރަ އެކީ އަނދާ އަޅިއަށް ވެގެންދާން މާ ގިނަ ވަގުތެއްވެސް ނުނަގައެވެ.

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން — ފޮޓޯ: ޕީއެސްއެމް
ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން — ފޮޓޯ: އެމްްއެންޑީއެފް

އޭރު ބާރުލާފައި، ދެއްކި ވާހަކަތައް މިއަދު މިއޮތީ އެއަށްވުރެ މާ ސީރިއަސް ސިފައެއްގައި ދައްކަންޖެހިފައެވެ. ތިލަފުށި ގޭގައި ހުރި ގުދަނުގައި ރޯވި އަލިފާނަކީ އެއީ އާދައިގެ އަލިފާނެއް ނޫނެވެ. އިތުރު ގެތަކަށް ގެއްލުން ނުވެ، އެ ކޮންޓްރޯލް ކުރެވުމަކީ ނަސީބެކެވެ.

މި މާލެއަކީ، ކޮންމެ ވަގުތަކުވެސް ގޮވާފާނެ ބޮޑު ބޮމެކެވެ. ނަމަވެސް، ސިޔާސީ ބޭފުޅުންވެސް، އަދި “ނުފޫޒުގަދަ” ވިޔަފާރިވެރިން އަަޑުއައްސަވާށެވެ. މި މާލޭގައި ބޭނުންހާ ގޮތަކަށް، ފުނިއަކަށް ޖަހާފައި ކެމިކަލް ބެހެއްޓުމުގެ ޖާގައެއް ނުލިބޭނެއެވެ. މިކަން ހުއްޓުވަން ހަމަ ގައިމުވެސް މީޑިއާތަށް މިތިބީ ތައްޔާރަށެވެ.

ކޮންމެ ވަގުތެއްގައި ވެސް ގޮވާފާނެ “ބޮމެއް”ގެ ގޮތުގައި މާލެ ނުބޭއްވޭނެ އެވެ. ވިޔަފާރިވެރިން ބޭނުންހާ ތަނެއްގައި، ބޭނުންހާ ވައްތަރެއްގެ މުދާ ރައްކާކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ އެވެ. ގުދަންތަކަށް ހުއްދަ ދޫކުރުމުގައި އޮތް ކޮރަޕްޝަން ނައްތާލަން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: