ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލަކީ އަވައްޓެރި ގައުމެއްގެ ބައެކޭ ބުނިނަމަ މާ ރަނގަޅު ވާނެ: އަދުރޭ

އަބްދުލްރަހީމް އަބްދުﷲ: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރުމަވަންތަ ހޮސްޕިޓަލަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު( އައިޖީއެމްއެޗް) ގެ ބައެކޭ ވިދާޅުވުމުގެ ބަދަލުގައި އަވައްޓެރި ގައުމެއްގެ ބައެެކޭ ވިދާޅުވި ނަމަވެސް މާ ރަނގަޅު ވާނެ ކަމަށް ޕީޕަލަސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ކެރިވަޑައި ނުގަންނަވާނެކަމަށެވެ. 

https://twitter.com/Banafsaa/status/1178303070783983616

މީގެއިތުރުން އަދުރޭ ވިދާޅުވީ، އަދުގެ ސަރުކާރުން އެ ހޮސްޕިޓަލް ނުހުޅުވާ އެކި ކަހަލަ ބަހަނާ ދައްކަވަނީ، އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ދައްކަވާނެ ވާހަކައެއް އެނގިނުލައްވާތީ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލްއަކީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގައި ނިންމާ އެތަނުގެ ނަން ބަދަލުކުރެއްވުމަށް މަޝްވަރާ ކުރައްވާ ކަމުގެ އަޑުތަކެއް ފެތުރިފައެވެ. ނަމަވެސް ފަހުން ރައީސް އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތްތަކެއްހެން ނިމިފައިވާއިރު، އެ އިމާރާތް މިހާރު އަންނަނީ ބޭނުންވެސް ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް އެތަން ރަސްމީކޮށް ހުޅުވާފައިނުވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: