ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ދުވަސް ވަންދެން މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ބަލަނީ

ބިދޭސީއެއް ރަހީނުކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރޭގައި ދެ ދުވަސް ވަންދެން މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އިޒްމިޔާ ޒާހިރު ވިދާޅުވީ މި މަހުގެ 28 ވަނަ ދުވަހުގެރޭ 2:46 ހާއިރު 34 އަހަރުގެ ބަންގްލަދޭޝަން ފިރިހެނެއް ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެއް ދުވަސް ފަހުން އޭނާ ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވެ އެމީހުންނަށް ފިލައިގެން ފުލުހަށް އައިސް އެކަން ހިނގާފައިވާ ގޮތް އިތުރަށް ތަފްސީލުކޮށްދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލާގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރަހީނު ކުރި މީހުން ވަނީ އެ ބިދޭސީ މީހާއަށް ބޮޑެތި އަނިޔާތަކެއްކޮށް ފޮޓޯ ނަގައި އޭނާގެ އާއިލާއަށް ފޮނުވައި ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: