ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ މިސްރާބު، އައްޑޫ ސިޓީއަށް!

އައްޑޫ އަތޮޅު އިސްމެހެލާ ހެރައިގައި - ސައުތު ޕާމް ރިސޯޓު -- ފޮޓޯ/ ސައުތު ޕާމް ރިސޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ޓޫރިޒަމްގެ ބޭނުމަށް ހަތަރު ހާސް އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ގޮތަށް “ރަށު ފަތުރުވެރިކަމަށް” އައްޑޫން ބިން ދޫކުރުމަށްޓަކައި ސިޓީ ކައުންސިލާއި މިނިސްޓްރީއާ ދެމެދު އެއްބަސްވެފައިވާ ކަމަށެވެ. 

ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އަމާޒަކީ ހަތަރު އަހަރުގެ ތެރޭގައި އައްޑޫގައި ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދު އަށް ހާހަށް އިތުރު ކުރުމެވެ. މިދިޔަ ޖުލައި 29 ވަނަ ދުވަހު ޓޫރިޒަމްގެ މާސްޓާ ޕްލޭން އެކުލަވާލުން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވަނީ ރާއްޖޭގެ 11 ރަށަކުން ގެސްޓްހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާކަން އިއުލާނުކުރައްވާފަ. މީގެ ތެރޭގައި އައްޑޫގެ ހަ ރަށެއް ވެސް ހިމެނެއެވެ. 

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫގައި ގެސްޓްހައުސް ނުވަތަ ހޮޓާ ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު ވީ އެއްބަސްވުމުގެ ދަށުން، ބިންތަކުގެ މައުލޫމާތު އަންނަ މަހު އާންމުކުރާނެ ކަމަށެވެ. އައްޑޫގައި އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް ހުޅުވާލަނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށާއި މިކަން ކާމިޔާބު ވުމުން ރާއްޖޭގެ ދެކުނުގައި ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، މިހާރު އޮތް ގަވައިދުގެ ތެރެއިން ގެސްޓްހައުސްތަކަށް ބިން ދޫކުރެވެނީ ފަސްހާސް އަކަފޫޓު ކަމަށާއި ސިޓީ ހޮޓާ ތަރައްގީ ކުރާނަމަ ދިހަ ހާސް އަކަފޫޓް ދޫކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދޫކުރާ ބިމުގެ އަދަދު އެނގޭނީ އިންވެސްޓްމެންޓަށް ބެލުމަށް ފަހު ކަމަށާއި މުޅި ކޮންސެޕްޓްގެ މަސައްކަތް ނިމުމުން ބިމުގެ އަދަދު ޔަގީންވާނެ ކަމަށެވެ. 

ސޯބެ ވިދާޅުވީ އެނދު ތަރައްގީ ކުރާނީ ގެސްޓު ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ކަމަށާއި މިއެނދު ތަރައްގީ ކުރާއިރު ބިން ދޫކުރަން އިސްކަން ދެވޭނީ އިންވެސްޓަރުންނަށް ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮކްޓޯބަރު މަހުން ފެށިގެން ބިން ދޫކުރަން ފެށޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. 

ސޯބެ ވިދާޅުވީ، މިހާރު އޮތް ގޮތުން ޓޫރިޒަމަށް ބިން ދޫކުރަން ކަނޑައަޅާފައިވާ ހަ ރަށުން ވެސް ބައި ހެކްޓަރުން ތިނެއް ބައި ހެކްޓަރާ ހަމަޔަށް ބިން ދޫކުރެވޭނެ ކަމަށެެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް އައްޑޫސިޓީ ކައުންސިލުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.  އެގޮތުން އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު އައްޑޫގެ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ވަނީ، އިކުއަޓޯރިއަލް ޓްރެވެލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ)ގެ ނަމުގައި ޖަމްޢިއްޔާއެއްވެސް އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: