ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުގެ ބަޖެޓަކީ 40 ބިލިއަން: މެމްބަރު ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބަޖެޓުގެ ގޮތުގައި 40 ބިލިއަން ރުފިޔާ ސަރުކާރުން ރައްޔިތުން މަޖުލީހަށް ފޮނުވަން އުޅޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބަޖެޓަށް އަލިއަޅުއްވައި ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތަށް ނުހޯދާ ކަމަށެވެ.

އަދި އޮބި ނޯންނަ ވަރަށް ސަރުކާރުގެ މަތިބަރުކޮށްފައި ހިންގުމުގެ ޚަރަދުވެސް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިޔަށް މިއޮތް އަހަރަށް 40 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ. މީގެ އިތުރުން މިއަހަރުވެސް ދައުލަތުގެ ބަޖެޓު 8 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެކަމީ ޔަގީން ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

https://twitter.com/Shiyamaldives/status/1178217253658972160

ސަރުކާރުގެ ބަޖެޓާއި ގުޅިގެން މީގެ ދެމަހެއްހާ ދުވަސްކުރިން ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ މި އަހަރަށް ފާސް ކުރި ބަޖެޓުގައި ވަކި ކުލައަކަށް ނުބަލައި، ކަންތައްތަކެއް ކުރަން ހަމަޖައްސާފައި ހުރުމުން އިދިކޮޅު ފަރާތްތަކުންވެސް ބަޖެޓަށް ވޯޓު ދިން ކަމަށެވެ.

މީގެ އިތުރުން ޝިޔާމްވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ކުރިން  މިއަހަރަށް ދައުލަތުން ކަނޑައެޅި 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަށް ވީ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސްނަމަވެސް މިދިޔަ އޯގަސްޓު މަހުގެތެރޭގައި ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސަ މީގެ ކުރިން ސަންގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓަކަށް ދާންޖެހުނީ ގިނަ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ. އެގޮތުގެ މަތިން ކުރީގެ ސަރުކާރުތަކުން އެގްރީމެންޓް ބާތިލްކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް ބަދަލުދޭން ޖެހުމަކީ އޭގެ އެއް ސަބަބުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށުދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ސަންގަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތައް ނުހިނގަންވީ ކީއްވެތޯ ވިދާޅުވެ މެމްބަރު އީސް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: