ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޕޯޓަށް ބަދަލުދޭކަށް ނުޖެހޭ! ދީބާޖާއަށް ދޭންޖެހޭ؟

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއު ޕޯޓަށް ބަދަލު ނުދީ ދީބާޖާއަށް ބަދަލުދޭން ޖެހުމަކީ ވަކި ބަޔަކަށް އިންސާފު ހޯދައިދީ އަނެއް ބަޔަކަށް އިންސާފެއް ނެތްކަން ހާމަވާ ކަމެއް ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ 15 ދުވަސްތެރޭގައި ދައްކާ، ބިން ހަވާލު ކުރުމަށް ސްޓްރާޑާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިމަހުގެ 26 ވަނަ ދުވަހު ހުކުމްކުރުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ނިއުޕޯޓަކީ ޕީޕީއެމް މެމްބަރެއްގެ ތަނަކަށް ވެފައި ދީބާޖާއަކީ އެމްޑީޕީ ބައެއްގެ ކުންފުންޏަކަށް ވުމުން ބަދަލު ނަގައިދޭން ނިންމީ ދީބާޖާ ފަދަ އެމްޑީޕީ މެމްބަރުންގެ ކުންފުނިތަކަށް އެކަނި ކަމަށެވެ.

https://twitter.com/Adamshareefz/status/1178062309672906752

ރާއްޖޭގެ އިގްތިސާދީ ދުވެލީގައި ޒުވާނުންގެ ހިއްސާ އިތުރުކުރެވޭނީ ޒުވާނުން ފަށާފައި ހުންނަ އެފަދަ ވިޔަފާރިތައް ބަނގުރޫޓު ނުވާނެފަދަ ގޮތަކަށް ކަންކަން ބައްޓަންކޮށްގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

https://twitter.com/Adamshareefz/status/1177989509813694466

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށް ދައުލަތުން ދީބާޖާ ކުންފުންޏަށް ފައިސާ ދޭން ނުޖެހޭ ކަމަށް ކަނޑައަޅާފައެވެ. އަދި ހައި ކޯޓުގެ އެ ހުކުމް ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ދައުލަތުން އެފައިސާ ދީބާޖާއަށް ދިނުމަށް މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. ހަމައެހެންމެ އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފަށް ހުށަނޭޅުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން އެ މުއްދަތުގައި މައްސަލަ ހުށަނޭޅި އޮތުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދަށު ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދައުލަތަށް ދޫކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: