ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކޮވަރީ ކޮމިޝަންގެ ގަވާއިދު އެކުލަވާލައި އާންމުކޮށްފި

ރައީސް ސާލީޙް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަން، ކޮމިޝަންގެ ބައެއް މެމްބަރުން މިހާރު ވަނީ ބަދަކުވެފަ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ހިންގާ ގަވާއިދު ކޮމިޝަންގެ ފަރާތުން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. 

މި ގަވާއިދުގެ މަޤްޞަދަކީ ކޮމިޝަނުގެ މަސައްކަތް ހިންގާނެ ގޮތް ބަޔާންކުރުމާއި، ކޮމިޝަނުގެ މަސައްކަތް ތަރުތީބު ކުރާނެ ގޮތާއި، ކޮމިޝަނުގެ ބައްދަލުވުންތައް ހިންގާނެ ގޮތް ބަޔާންކުރުން؛ އަދި  ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޢަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މެންބަރުންނަކީ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އަދާކުރާ ބަޔަކަށް ވީހިނދު، އެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ފުށުއަރާފާނެ، ނުވަތަ އަސަރުކޮށްފާނެ، އިތުރު އެއްވެސް މަސައްކަތެއް މެންބަރަކު ކޮށްގެން ނުވާނެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައ ކޮމިޝަންގެ ނިންމުމެއް އެއްވެސް ކަމެއްގައި ބޭނުންވާކަމަށް ފެނިއްޖެ ހިނދެއްގައި، ކޮމިޝަނުގެ ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރަކު ހުށަހަޅަން ބޭނުންވާ ކަމެއް، ކޮމިޝަނުގެ ބައްދަލުވުމުގައި އެޖެންޑާކުރުމަށް އެދެވިދާނެއެވެ. އަދި މިގޮތުން މެންބަރަކު އެދުމުން އެކަމެއް އެޖެންޑާގައި ހިމަނަންވާނެއެވެ.

ހަމައެހެންމެ ކޮމިޝަންގެ  ބައްދަލުވުމަކަށް އެޖެންޑާކޮށްފައިވާ ކަމެއްގައި، ނުވަތަ ބައްދަލުވުމެއްގައި މަޝްވަރާކުރެވޭ ކަމެއްގައި މެންބަރެއްގެ އެއްވެސް މަޞްލަޙަތެއް އޮތްކަމަށް ފާހަގަކުރެވޭ ނަމަ، ވަގުތުން އެ މެންބަރަކު އެ ކަމެއް ހާމަކުރަންވާނެ ކަަމށް ވެސް ގަވާއޮދުގައި ބުނެފައިވެއެވެ. 

މީގެއިތުރުން ގަވާއިދުގައި ބުނެފައިވާ ގޮތުގައި މެންބަރަކު ކުރާ ކަމަކުން، ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން އެ މެންބަރެއްގެ މުސްތަޤިއްލުކަމާ މެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ. 

މީގެއިތުރުން މަޤާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް އެ މެންބަރުގެ އަމިއްލަ މަންފާއަށް، ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުން ނުކުރުން ނުވާނެ ކަމަށާއި އަދި މަޤާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް، އެ މެންބަރެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ފަރާތަކަށް ހާމަނުކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: