ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

481 އުޅަނދުގައި ސްޓިކާ ޖަހައިފި

ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުރި 481 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހައިފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވައިދާއި ހިލާފަށް ޕާކް ކޮށްފައި ހުރި 481 ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.

ކޮންމެ ހަފްތާއަކު ފުލުހުން ނެރޭ ތަފާސްހިސާބުތަސް ދައްކާ މިމަހުގެ 21އިން 27އިށް ފުލުުން ވަނީ 196 އުޅަނދެއް ޗެކުކޮށްފައެވެ. ލައިސަންސް ނެތި ދުއްވި 31 މީހަކު ފުލުހުން ޖޫރިމަނާކޮށްފައިވާިއރު ލައިސަންސް ކާޑު ނުލާ ދުއްވި 40 މީހަކު ފުލުހުން ވަނީ ހުއްޓުވާފައެވެ.

ޓްރެފިކް ފުލުހުންގެ އިތުރު ތަފްސާ ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި މާލޭގައި 43 އެކްސިޑެންޓެއް ހިނގިއެވެ. އެ އެކްސިޑެންޓްތަކުގައި 15 މީހަކަށް އަނިޔާވިއެވެ.

މިދިޔަ ހަފްތާގެ ފުލުހުންގެ ތަފާސްހިސާބުތަށް ދައްކާ ގޮތުން ފުލުހުން ވަނީ 76 އުޅަނދެއް ޓޯ ކޮށްފައެވެ.

https://twitter.com/PoliceMv/status/1178153197539430400?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1178153197539430400&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F242076

ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި އަހަރުގެ ކުރީ ކޮޅު، ސްޓިކާ ޖެހުން ހުއްޓާލުމާއި އެކު ގަވައިދާ ހިލާފަށް އަދި ފަރުވާކުޑަކޮށް ޕާކު ކުރުން އިތުރުވެގެން ދިޔައެވެ. އޭގެ ސަބަބުން އާއްމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިތުރުވުމުގެ ސަބަބުން ފުލުހުން ވަނީ ސްޓިކާ ޖަހާނެ ބައެއް ހާލަތްތައް އާއްމުކޮށްފައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ. ގަވައިދާ ހިލާފަށް ޕާކުކޮށްގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާއިރު، ވައޮލޭޝަން ފީއަށް ބޮޑެތި އަދަދުތައް އަރާފައިވާ ބައެއް މީހުންވެސް އެބަތިބިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ސްޓިކާ ޖެހުން އިތުރުވެފައިވާތީ އެކަމާއި ގުޅިގެން ސުވާލު ކުރުމަށް ޓްރާނސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މަޖިލީހަށް ހާޒިކުރައްވާ ސުވާލުވެސް ކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ މިހާރު ސްޓިކަރ ޖަހާނީ ހަމައެކަނި އާންމުންނަށް ދަތިވާގޮތަށް ޕާކް ކުރާ ތަންތަނުގައި އެކަނިކަމަށް އޭގެ ތެރޭގައި މިސްކިތްތައް ކައިރިއާއި، ކަފިހި ހުރަސްތަކާއި، ޑަބަލް ލައިން، އަދި ބޭރު މަގަށް ނިކުންނަ އިރު ދަތިވާގޮތައް ޕާކް ކުރާ ތަންތަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިނިސްޓަރ ނަހުލާވަނީ ޕާކް ކުރުމުގެ ދަތި ފިލުވުމަށް 3 ޕާކިން ބިލްޑިންގް އެއް ހެދުމަށް ނިންމައި މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާކަންވެސް ވިދާޅުވެފައެވެ.

ޕްލޭނިންގް މިނިސްޓްރީއިން ބުނީ މާލޭގައި ޕާކިންގް ބިލްޑިންގްތައް އެޅުމަށް ވަކި ސަރަޙައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ސަހަރާތަށް ހިމެނޭތީ މިހާރު އިސްލާމިކް މިނިސްޓްރީއާއި ވާހަކަދައްކައިގެން މަސައްކަތް ރިވިއު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: