ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް ފްލޯއަށް ގެނައި ބަދަލަކި މި ސަރުކާރުން ހިންގި ބޮޑު މަޝްރޫއެއް-ޝިޔާމް

ސަރުކާރުން ބޮޑު މަޝްރޫއެއް ހިންގާތަން ދެކެން ބޭނުންވޭ-ޝިއާމް. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލަކީ ސަރުކާރުން ހިންގި ބޮޑު މަޝްރޫއެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ވަނީ ރެއިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސި ގިނަ މަގުތަކުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

އެ ބަދަލު ރޭގައި ގެނެސްފައިވާއިރު މިއަދު ހެނދުނު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން މާލޭގެ މަގުތަކުގެ ބޮޑު މަޝްރޫއެއް ނިންމާ ރައްޔިތުނަށް ހުޅުވާލާފައިވާ ކަމަށެވެ. ޝިއާމް ވިދަޅުވީ ތަރައްޤީއަށް މިނޫން ކަމެއް ސަރުކާރުން ކުރާތަން ދެކެން ބޭނުންވާ ކަމަށެވެ.

https://twitter.com/Shiyamaldives/status/1178147463770734592

މާލޭގެ މަގުތަށް ބެލެހެއްޓުމާއި ހަވާލުވެ އެ މަސައްކަތް ބަލަހައްޓަމުން އަންނަ ސިޓީ ކައުންސިލްއިން، އެއްގަމު އުޅަނދުތައް ދުއްވުމުގައި އަމަލު ކުރަން ޖެހޭ ވަންވޭގެ އުސޫލުތަލުތަކަށް ބަދަލުތަކެއް  ގެނެސްފައިވާއިރު އެ ބަދަލުތައް ގެނައީ މި މަހު ތިން ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލުންގެ 74 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު އެ ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

މާލޭގެ މަގުތަކުގެ ވަންވޭތަކަށް ބަދަލުތަކެއް ގެނައި އިރު، ކުރިއަށް އޮތް ތަނުގައި ޕާކް ކުރާނެ ބޮޑު ޖާގައިގެ ޒޯންތައް ގާއިމުކޮށް، ބޮޑު ސަރަހައްދެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: