ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ތަންތަން އޯކޭ “ނިއުޕޯޓު ވީމަ ވީ ފުނޑާލަން”!

ނިއުޕޯޓު ހުސްކުރަން އެންގުމާއި ގުޅިގެން ކުންފުނި ގަބޫލު ކުރާގޮތުން ސަރުކާރުން ދޭންޖެހޭ ބަދަލު މާ ބޮޑު ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ހުންނަ ނިއުޕޯޓާއި، ނިއުޕޯޓު ވިއު ހުސްކުރުވާ ބިން އަތުލުމަށް ކުރާ މަސައްކަތަކީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީށް އަބްދުއްރަހީމް އަބްދުއްﷲ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ކުލި ނުދައްކާ ހުރުމުގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ ޖުރިމަނާގެ އަދަދު 1.4 މިލިއަން ރުފިޔާއަށް އަރާފައިވުމާއި ގުޅިގެން ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައި ވާ ތިން އަހަރު ދުވަހުގެ އެއްބަސްވުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ބާތިލުކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން މިއަހަރުގެ ކުރީކޮޅުވެސް އަމާޒުވެގެން ދިޔައެވެ. އޭރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައިހުރި ޒާހިދު ރަމީޒެވެ. ނުވަތަ މަޝްހޫރު ނަމުންނަމަ ޒާހިދު ކްރިއޭޓާއެވެ. ނަމަވެސް ޒާހިދު މި މަގާމުން ވަކިވުމުން މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާގެ އަނބި ކަނބަލުން މަލަކާ އަބްދުލް އަޒީޒެވެ.

އޭގެ ފަހުން ވެސް އެ ބިިން ސްޓްރާޑާ ކުންފުނިން ބޭނުން ކޮށްފައިވާ ކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި ޖޫރިމަނާގެ އިތުރުން ބަދަލު ނަގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ އެ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުންފުނިތަކާމެދު އަމަލު ކުރުމުގައި މި ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ. އެގޮތުން އަބްދުއްރަހީމް ވަނީ ބިގް ކުންފުންޏާއި، ދީބާޖާގެ މައްސަލައިގެ ވާހަކަ ދައްކަވާފައެވެ. އަދި މި ސަރުކާރުން ވިއްކި އެޖެންޑާ 19 ގެ ތަފާތަކީ ފިކުރު ދިމާނުވީމާ ހިތު ހުރި ގޮތަކަށް ކަން ކުރުންތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

https://twitter.com/Banafsaa/status/1178170935674753024

“ދީބާޖާއަށް ބަދަލު ދޭން އޯކޭ” ކަމަށް އަބްދުއްރަހީމް ޓްވީޓު ކުރެއްވި ނަމަވެސް ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން، އެކަމުގައި ރަނގަޅު ހައްލެއް ހޯދަން ދީބާޖާއާ އެކު އެޓާނީ ޖެނަރަލްގެ އޮފީހުން އަންނަނީ ކޯޓުން ބޭރުން އެކަން ހައްލު ކުރުމަށް މަޝްވަރާ ކުރަމުންނެވެ.

އެހެން ނަމަވެސް ޒާހިދު ވަނީ އެންމެ ފަހުން އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކަށް ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ރައްދު ދީފައި. ނިއު ޕޯޓް ކުންފުންޏާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަމުންދަނީ އޭނާގެ ސިޔާސީ ފުކުރު ހުރި ގޮތުން ބަޔަކު އޭނާއާ ޒާތީވެގެން ކަމަށް.

ޒާހިދު ލިޔުނު ފޭސްބުކް ޕޯސްޓެއްގައި ވަނީ ނިއުޕޯޓާއި މެދު ތަފާތުކޮށް އަމަލު ކުރަނީ ސިޔާސީ ގޮތުން ފިކުރު ތަފާތު ވީމަ ކަމަށް ވިދާޅުވެފައި / ފޮޓޯ: ޒާހިދު

ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރާނެކަމަށް ސްޓްރާޑާ ކުންފުނިން ވަނީ ބުނެފަ އެވެ. ސްޓްރާޑާ އިން ނެރުނު ބަޔާނެއްގައި ބުނީ ބްރިޖު ވިއުއިން ޕްލެޓްފޯމު ހިންގަން ކުއްޔަށް ނެގި ބިމުގެ ކުލި ކޮންމެ މަހަކުވެސް ދައްކަންޖެހޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ޗާޓަމް ހިންގި ބިން އެއްވެސް ބަދަލަކާ ނުލައި އަތުލާފައިވާ ކަމަށާއި އެ ބިން އެ ކުންފުނީގެ އަތުން ނަގާފައިވަނީ ގާނޫނު އަށަސީ އާއި ހިލާފަށް، ކޯޓު އަމުރެއްވެސް ނެތި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސްޓްރާޑާ އިން ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދެއްކުނީ ޗާޓައިމް ހިންގި ބިން އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމާއެކު ކުންފުނި ހުއްޓުމަކަށް އައުމުން ކަމަސްވެސް ސްޓްރާޑާ އިން ބުންޏެވެ.

އަދި އެ ގެއްލުމުގެ ބަދަލުވެސް ސަރުކާރުން ދީފައި ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮން ނިއުޕޯޓެއްކިޔާކާއް ސަންގު މީ ކޮންކަހަލަ ބައެއް ތަ ތީ ދެން ބޮޑުވަރު ސަންގު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: