ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމުމަކާއި ހަމައަށް!

އާޓިފިޝަލް ބީޗު ތަރައްޤީ ކުރުމުގެ މަޝްްރޫ ނިމެނީ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް ބީޗު ތަރައްޤީކުރުމުގެ މަޝްރޫގައި ނުނިމެނީ ހަމައެކަނި ފްލޯރިންގ މަސައްކަތް ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގެ މަސައްކަތް މަޑުޖެހިފައި އޮތުމާއެކު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. މީގެ ކުރިން އެމްޓީސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗުގެ މަސައްކަތް މަޑުޖެހިފައިވަނީ ބޭރުން ގެންނަން ޖެހޭ ބައެއް ސާމާނު ގެންނައުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

އެމްޓީސީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗު އާންމުންނަށް ހުޅުވާލާފައިވީ ނަމަވެސް މަސައްކަތް އެއްކޮށް ނުނިމޭ ކަމަށެވެ. އަދި މަސައްކަތް ނުނިމި ލަސްވަނީ ފްލޯރިންގ އެޅުމަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށް ވިދާޅުވިއެވެ.

“ފުރަތަމަ ޕްލޭނިންގް މިނިސްޓްރީއާއި އެމްޓީސީސީއާއި މަޝްވަރާ ކުރެވިގެން އޮތީ އެތަނުގެ ފްލޯރިންގ ކުރިއަށްގެންދާނީ ޕްލޭންކްސް ތަކެއް އަޅައިގެން ކަމަށް. އެ ޕްލޭންކްސްތަށް އޯޑަރުކުރިން ނަމަވެސް އެމީހުންނަށް ޓައިމްލައިންގައި ޑެލިވަރީ ކުރުމުގައި ލަސްތަކެއް އުޅޭތީ ޕްލޭނިންގ މިނިސްޓްރީއާއި މަޝްވަރާ ކުރިން” ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ޕްލޭނިންގް މިނިސްޓްރީއައި މަޝްވަރާ ކުރުމަށްފަހު ޕްލޭންކްސް ގެ ބަދަލުގައި ޕްލޯރިންގ އަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

“ފްލޯރިންގްއަށް ޕްލޭންކްސް އެޅުމުގެ ބަދަލުގައި ޓެނިސް ކޯޓުގައި ހުންނަ ކަހަލަ މެޓީރިއަލްއެއް އަޅަން ނިންމާފައި މިޙާރު ވަނީ” ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އާޓިފިޝަލް ބީޗު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ނުނިމި އޮތީ ހަމައެކަނި ފްލޯރިންގްގެ މަސައްކަތް ކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ތަރައްގީ ކުރަން ފެށި މަޝްރޫއެކެވެ. ކުރީ ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނިއްމާފައިވާ ޕްލޭނަށް މި ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްގެންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: