ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރު މުއްދަތެއްގެ ތެރޭަގައި އެމްޓީސީސީއަށް ގިނަ ޕްރޮޖެކްޓްތަކެއް!

ކުރު މުއްދަތެއްގެ ތެރޭގައި އެމްޓީސީސީއަށް ގިނަ ޕްރޮޖެކްޓްތަކެއް ވަނީ ލިބިފަ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ގިނަ މަޝްރޫޢޫތަކެއް އެމްޓީސީއާއި ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހު ވިދާޅުވީ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ކުންފުނީގެ މާލީ ޙާލަތު ދައްވެގެން ގޮސްފައިވާ ކަމަށާއި  މިއަހަރު ޖޫންއާއި ހަމައަށް ކުންފުންޏަށް ގެއްލުންވަމުން އައިސްފައިވާ ކަަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުމާއެކުގައި ޖުލައި މަހުން ފެށިގެން ކުންފުންޏަށް ފައިދާވަމުން އަންނަ ކަމަށް ޝާހު ވިދާޅުވިއެވެ.

“އަހަރުގެ ފުރަތަމަ ކުއާޓާގައާއި ދެވަނަ ކުއާޓާގައި ޕްރޮޖެކްޓްތަށް މަދު. ޕްރޮޖެކްޓް ހޯދުމުގެ ގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި ރައީސް ގެ ސަމާލުކަމަށް ގެނެސް އެމްޓިސީސީއަށް ޕްރޮޖެކްޓްތަށް ދިނުމުގެ ވާހަކަ ދެންނެވިން. އެމްޓީސީސީއަށް މިހާރު ވަނީ ގިނަ ޕްރޮޖެކްޓްތަކެއް ލިބިފަ.” ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެމްޓީސީސީގެ ތާރިހުގައި ވެސް ކުރު މުއްދަތެއްގައި މިހާގިނަ ޕްރޮޖެކްޓްތައް ލިބިފައި ނުވާ ކަމަށެވެ.

ޕްރޮޖެކްޓްތަށް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން ފަށާފައި ހުންނަ ޕްރޮޖެކްޓްތައް ރައްޔިތުން ބޭނުންވެގެން ބަދަލުގެންނަން ޖެހުން ކަމަށް ވިދާޅުވިއެވެ.

” މޮބަލައިޒް ކޮށްފަ ހުންނަ ޕްރޮޖެކްޓް ސައިޓްތަކުގައި ،ވަރަށް ބޮޑަށް މަސައްކަތް ނިންމާފަ ހުއްޓާ އެކިކަހަލަ ބަދަލުތައް ގެންނަން ބޭނުންވެގެން ރައްޔިތުން ސަރުކާރުގައި އެދިގެން ޕްރޮޖެކްޓްސް މަޑުޖެހިފަ އެބަހުރޭ. ރައްޔިތުންގެ އަޑު އަހާ ސަރުކާރުގެ އެދުމުގެ މަތިން ރައްޔިތުން ބޭނުންވާ ބަދަލުތައް ވެސް ގެނެސްދެން” ޝާހު ވިދާޅުވިއެވެ. 

ޝާހު ވިދާޅުވީ އެމްޓީސީސީއިން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 38 ޕްރޮޖެކްޓް އެކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް ސަރުކާރުން ބައެއް ޑިޒައިންނިން މަސައްކަތްތަށް ހަވާލުކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލް ޑިޒައިން ކުރުމުގެ 7 ޕްރޮޖެކްޓެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ އަދި ބައެއް ރަށްރަށުގެ ކުޅޭ ދަނޑުތައް ހެދުމުގެ މަސައްކަތްތަށްވެސް އެމްޓީސީސީއިން ކުރަމުން އަންނަ ކަަމަށެވެ.

އެމްޓީސީސީއިން ހިންގާ މަޝްރޫއުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ މިއަހަރު މިހާތަނަށް 17 ޕްރޮޖެކްޓެއް ނިންމާފައިވާ ކަމަށެވެ. އޭގެެތެރޭގައި މި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުންޏާ މިހާރު ހަވާލުކުރާ ގިނަ މަޝްރޫއުތަކަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރާ މަސައްކަތްތައް ކަމަށެވެ. އަދި މިހާރު ސޮއި ކޮށްފައިވާ މަޝްރޫޢުތަކަކީ އީއައިއޭ މަރުހަލާގައި ހުރި މަޝްރޫޢުތަށްކަން އެމްޓީސީސީއިން ފާހަގަކުރެއެވެ. އެގޮތުން 19 ޕްރޮޖެކްޓެއްގެ އީއައިއޭ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.

ޝާހު ވިދާޅުވީ ބައެއް ފަރާތްތަކުން މަޝްރޫއުތައް ނުހިންގާ ކަމަށް ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް މަޝްރޫއުތަކުގައި ސޮއި ކުރުމާ ހިސާބުން އެއީ މަޝްރޫއުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކުންފުނިތަސްށް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ ކޮންމެ ހަފްތާއަކު ރައީސް އޮފީހަށް މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: