ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދުގެ އަލިފު ބާ ވެސް ނޭގެންޏާ ވާނީ މިކަހަލަ ގޮތެއް: މުއިއްޒު

މުހައްމަދު މުއިއްޒު: ފޮޓޯ ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސަރުކާރުން 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އިގްތިސާދުގެ އަލިފު ބާ ނޭނގި މަޝްރޫއުތައް ނުހިންގޭނެ ކަަމަށާއި ހަނާވެގެންދާނީ ރައްޔިތުން ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން  ކުރިއަށް ދިޔަ 270 އަށް ވުރެ ގިނަ ތަރައްގީގެ މަޝްރޫއު ހުުރި ކަމަަށެވެ.

އެ 270 މަޝްރޫއުތަކުގެ ތެރޭގައި ބޮޑެތި އެއާޕޯޓް ޕްރޮޖެކްޓްތަކާއި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތާއި އަދި އެހެނިހެން ބޮޑެތި ޕްރެޖްކެޓްތައް ނުހިމެނޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު ތަކަކީ ހަމައެކަނި ރަށްރަށުގައި ކުރިއަށް ގެންދިޔަ ކަންކަން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރަށްރަށަށް ޒިޔާރަތްކުރުމުން އެއްވެސް ކަމެއް އެ ރަށްތަކުގައި ނުހިނގާ ވާހަކަ  ރައްޔިތުން ބުނަމުންދާ ކަމަށެވެ. މުއިއްޒު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ކޮބައިތޯ އައްސަވައި އަދުގެ ސަރުކާރުން ކަންކަން  ކުރަން އުޅޭގޮތާއިމެދު ސުވާލު އުފައްދަވާފައެވެ. 

ވެރިރަށް މާލޭގެ އާޓިފިޝަލް ބީޗު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެއް ކަމަށާއި ނަމަވެސް މިހާރު އެތަނުގެ މަސަައްކަތް އޮތީ ހުއްޓިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުން އެއްވެސް ވަރަކަށް ޖަޒީރާ ވަންތަކަމެއް ނުފެންނަކަން  ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އެތަނުގައި ރައީސް ޔާމީންގެ ޕްލޭންގައި އޮތް ކޮންސެޕްޓާއި އެއްގޮތަށް  މަސައްކަތް ކޮށްފައި ހުރި މަންޒަރު ނުފެންނަ ކަމަށެވެ.

https://www.facebook.com/SanguTelevision/videos/511666176330487/

މުއިއްޒު ވިދާޅުވީ، ރައީސް ޞާލިހް 6 ރަށެއްގެ މަގު ހައްދާ ވާހަކަ ވިދާޅުވި ނަމަވެސް ރައީސް ޔާމިންގެ ސަރުކާރު ބަދަލުވިއިރުވެސް 9 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.

ރައީސް ޞާލިހްގެ ސަރުކާރުން ކުރެއްވި ކަމަކީ ރައީސް ޔާމީން ފެއްޓެވި މަޝްރޫއުތައް ހުއްޓާލެއްވުމަށް ފަހު ހައެއްކަ މަސް ފަހުން އަނެއްކާ ކުރިއަށްވުރެ ދެގުނަ ބޮޑު އަގެއްގައި ސޮއި ކޮށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް ޞާލިހް ދަނީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރައްވަމުން ކަމަށާއި މަޝްރޫއުތައް އަލުން އެމްޓީސީސީއަށް ހަވާލުކުރަނީ އެއަށް ބޮޑެތި ޕްރޮފިޓް މާޖިން ލާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މި ސަރުކާރުން ހިންގަނީ ރައްޔިތުންނަށް އޮޅުވާލައިގެން 77 މަޝްރޫއު ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: