ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް: ބޮޑު ވަޒީރެއްގެ ހުވަފެން!

ރައީސް ނަޝީދަކީ ޒަމާނުއްސުރެ، ބަރުލަމާނީއަކަށް ތާއީދު ކުރަައްވަމުން އައި ބޭފުޅެއް: ފޮޓޯ/ ސޯޝަލް މީޑިއާ-- ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ވެރިކަމުގެ ނިޒާމުގެ ވާހަކަތައް ދާއިކާއިރު، އަޅުގަނޑަށް ހަމަ މާޒީއަށް ފީނާލަންޖެހެއެވެ. ވާނީވެސް އެހެންތާއެވެ. ދިވެހި ރާއްޖޭގައި އަމިއްލަ އެދުން ބޮޑުކަމާއި، އަމިއްލަ ފައިދާއަށް ވުރެ ރައްޔިތުން އިސްނުކުރެވި ދިޔައީ މީގެ އަހަރުތަކެއް ކުރީންނެވެ.

އަޅުގަނޑު ގަބޫލު ކުރާގޮތުން، ރައްޔިތުންގެ ކަރަށް ފައިން އެރުނު ހިސާބަކީ ވެސް މިއީއެވެ.ފަހުރުވެރިވެލާފައި، ބައެއް ބޭފުޅުން ބޮޑު ހުޅުގެ ވާހަކައާއި، ވެރިކަން ވައްޓާލި ދުވަހަކާއި، އަދި މޭޑޭގެ ވާހަކަ ދައްކާއިރު މިއީ އެދުވަހުގެ މަންޒަރެއް ޓްވީޓަކުން ފާހަގަކުރަންޖެހޭ ދުވަސްތަކެއް ނޫނެވެ.

ދިވެހިންގެ މުދާތަކާއި، ދިވެހި ރައްޔިތުންގެ ހައްގުތައް އެއްފަރާތްކޮށްލުމަށްފަހު މުޅި ނިޒާމު ގަޑުބަޑުކުރުމަށް ބައެއް ފެރާތަކުން ތެދުވީ ހަމަ އަމިއްލަ އެދުމުން ފޯވެގެން ތިބެއެއް ނޫންތޯއެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މުޅި ޤާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނެ އެވެ. އެއީ ބައެއް ފަރާތްތަކަށް ހީކުރެވޭހާ ފަސޭހަ ކަމަކަށް ނޫނެވެ. ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިނގާތާ 50 އަހަރު ފުރި ދިޔައީއެވެ. ނިޒާމުގައި މައްސަލައެއް އޮވެގެން، މީހަކު އަޑު އުފުލާ، ޝަކުވާކުރި އަޑެއް އަދި ނާހަމުއެވެ. އެއާއި އެކު، ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް މިނިޒާމާއި ހެދި ތިމަން ބޭފުޅާއަށް އުނދަގޫވެޔޭ ވިދާޅުވި އަޑެއް ވެސް ނާހަމަވެ. ރާއްޖޭގައި އޮތީ ކޮން ކަހަލަ ވެރިކަމެއް ކަން ވަރަށް ވެސް ސާފެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު ނުސީދާގޮތެއްގައި ރައީސް ސޯލިހްއަށް ފާޑުވިދާޅުވާކަމުގެ އަޑުތައް ވަނީ ގަދަ ވެފައި / ފޮޓޯ": ފައިލް

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ވަހަކައިގެ ތެރެއަށް ޖެހިލާނަމެވެ. ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގެ ތަފާތު އެނގެނީ ކިތައް ބޭފުޅުންނަށް ތޯއެވެ. ކުޑާ މީސް ބަހެއް ބުނޫކަށް ނޫނެވެ. އެހެން ނަމަވެސް، އެ އަދަދު ގުނާލެވޭނެ ހާވެސް މަދެވެ. ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މައްޗަށް ފަހު ބަސް އިއްވާނެ ރައީސްއަކު އިންތިހާބް ކުރަނީ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުންކަން އެންމެން ވެސް ދަނެއެވެ. އަދި މަޖިލީހަށް ވެސް ނަގާނީ ރައްޔިތުންގެ ވޯޓުން ހޮވާ މަންދޫބުންނެވެ. މިއީ ދެކެ ފަރިތަ ވާހަކަ އެކެވެ.

ނަމަވެސް ބަރުލަމާނީއެއްގައި ރައްޔިތުން ވޯޓުދޭނީ ހަމައެކަނި މަޖިލީސް މެމްބަރުން އިންތިހާބް ކުރުމަށް އެކަންޏެވެ. އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަމެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން ވޯޓުދޭނީ ހަމައެކަނި އެ ދާއިރައެއްގެ މަޖިލީސް މެމްބަރުން އިންތިހާބް ކުރުމުގެ ވޯޓު އެކަންޏެވެ. ސުވާލަކީ ދެން ބޮޑު ވަޒީރަކަށް އާދެވެނީ ކާކައްތޯ، އަދި ކިހިނެއްތޯއެވެ. ބޮޑު ވަޒީރަކަށް އާދެވެނީ ފުރަތަމަ މަޖިލީސް މެމްބަރަކަށް ވެގެންނެވެ. އެއީ މަޖިލީހުގައި އަގުލަބިއްޔަތު އޮތް ނުވަތަ އެންމެ ގިނަ މެމްބަރުން ތިއްބެވި ޕާޓީއަކަށެވެ. ބޮޑު ވަޒީރު ހޮވުމުގެ ވޯޓު ދޭނީ މަޖިލީސް މެމްބަރުންނެވެ. ވަރަށް ވެސް ސާފު ނޫންތޯއެވެ. ރައްޔިތުން ކޮބައިތޯ އެވެ؟ ރައްޔިތުންގެ ބަހަކަށް މި ބޭފުޅުން ބައްލަވާނެ ކަމަށް ގަބޫލު ކުރެވެތޯއެވެ. މާދުރަށް ނޫނަސް އަވައްޓެރި ބޮޑު އިންޑިއާއި، ސްރީލަންކާއަށް ބަލާލަނަމެވެ. ދެއިރު ދެ ދަޅައަށް ވެރިކަން ބަދަލުވެއެވެ. ނިދާ ހޭލާއިރު އެކަން ވެނިމި، ރައްޔިތުން އޮފީސްއިން ގެޔަށް އަންނައިރު ވާނެ ހައެއްޗެއް އޮންނަނީ ވެފައެވެ.

ސިޔާސީ މީހުންގެ ވިސްނުން ބަދަލުވުމާއި، ކުޅިވަރު ކުޅުމަކީ ދުނިޔޭގެ އާދައެކެވެ. މި ކުޑަކުޑަ ރާއްޖެއިން ވެސް، ސިޔާސީ ކުޅި ކުޅޭވަރު ވަކި މަދެއް ނޫނެއް ނޫންތޯއެވެ. ވީއިރު، މި ނިޒާމަށް ބައެއް ބޭފުޅުން ހޭ ވައްޓާލާ ނުސީދާކޮށް ކެމްޕެއިން ކުރަންވީ ކީއްވެގެންތޯ އެވެ. އެވެސް އޮޅުވާލުމެއްގެ ތެރެއިންނެވެ. ވިސްނާލައްވަބަލާށެވެ. ބަރުލަމާނީގެ ވާހަކަ ދައްކަވާއިރު ދުވަހަކުވެސް ޕޯޑިއަމްއަކަށް އަޜާ ވަޑައިގެން ރައްޔިތުން އަޑުއައްސަވާށޭ، މިއީ އެއްވެސް ހަގީގަތެއް ނޫނޭ، ތިމަން ބޭފުޅާ ބަރުލަމާނީ އެއް ގެންނަން ނޫޅެމޭ އަދި ބޮޑު ވަޒީރަށް ވާން ބޭނުމެއް ނޫނޭ ވިދާޅުވިތޯ އެވެ؟ ނޫނެވެ. މިއީ އެޅުވޭ އަނދުނެކެވެ. ހާސިލް ނުވެގެން މިއުޅެނީ ކޮން ކަމެއް ބާއެވެ.

ރާއްޖެއަށް ރައީސް ނަޝީދު އަބަދުވެސް ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންފުޅުވޭ / ފޮޓޯ: ފައިލް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަސްމަގަކީ މިހާތަނަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި އެއްގޮތަށް އެއްވެސް ކަމެއް އަމަލީގޮތުން ކުރައްވާނެ ބޭފުޅެއްނޫނެވެ. ވެރިކަމަކީ ބޭނުންވާ އެއްޗެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ އެދިލެއްވުމުގެ މަތިން ވެރިކަމަށްވެސް ވަޑައިގަތެވެ. މާފުށި ޖަލުގެ ސީ ބްލޮކުގައި މާ ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ބޭފުޅާ އުޅުއްވީ އިނގިރޭސިވިލާތުގައި ގޮނޑި ދުއްވަންށެވެ. އެކަމަކު ނަމުން މަންޑޭލާއެވެ. އަމަލުން މުގާބޭއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަތުމާއި މެދު ނުވިސްނަވާ ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ މިދިިޔަ ނޮވެންބަރު މަހު ވިދާޅުވި ވާހަކަފުޅެކެވެ.

ނަމަވެސް އަނެއްކާވެސް ފެނިގެން ދިޔައީ އެމް.ޑީ.ޕީގައި އުފެދިފަވާއިކަމަށް އެޕާޓީގެ ބައެއް އެކްޓިވިސްޓުން ބުނާ ދެ ފެކްޝަން ދޭތެރެޔަށް ފިތި ބާރުވެ ހުންނަވާ ހާލުކޮޅުގައި ވަދެވަޑައިގެން ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލައްވާ މަޖިލީހުގެ ރައީސް ކަމަށްވެސް ވަޑައިގެންނެވި މަންޒަރެވެ. އަބަދުވެސް އިވެމުން ދަނީ އެއް ވާހަކައެކެވެ. މި ސަރުކާރުގެ ރައީސަކަށް މިވަގުތު ހުންނެވި ރައީސް ސާލިހަކީ ރަމްޒީ ބޭފުޅެއް ކަމަށެވެ. ހަގީގީ ލީޑަރަކީ އަދި ރައީސަކީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެެވެ. ކަން ހިނގަމުން ދަނީވެސް ހަމަ އެ ބީދައިންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމުން މަޖިލީހުގައި ނުކުރައްވާ މަސައްކަތެއް ނެތެވެ.

މި ވާހަކަތައް ދެއްކީމާ ދާދިފަހުން ސަރުކާރުގެ އިސްބޭފުޅުން ޓްވީޓުތައްވެސް ކުރި، ރައީސް ސޯލިހްގެ ފޮޓޯ ފުޅެއް ޖެއްސެވުމަށްފަހު އަޑުގެ ނެތް ކޮޅަށް ބަލަ ރައީސްއަކީ މިއީ އޭ ވިދާޅުވި ނޫންތޯ؟

އިންތިހާބުގެ ކުރިން، ގާއިމް ކުރާނީ އިންތިގާލީ ސަރުކާރެއްކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވޭ / ފޮޓޯ: ފައިލް

ރާއްޖޭގެ އުތުރާ ދެކުނަށް ވަޑައިގެން ދައްކަވާ ވާހަކަފުޅުތައް ބައްޓަން ކުރައްވަމުން މިގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރައްވާ ރާއްޖެއަށް އެންމެ ރައްކާތެރި ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެއެވެ. އައްޑޫ ސިޓީއަށް އޮންނަނީ އާދަޔާ ހިލާފު ލޮތްބެކެވެ. ވަކި ދައުލަތަކަށް ހެދުމަށްވެސް ވާހަކަ ދެއްކި އޯޑިއޯއެއް އާންމުވިއެވެ. މަޖިލިސް އިންތިޙާބުގައި އިދިކޮޅު އެމްޑީޕީއަށް ވީހާވެސް ގިނަ ގޮނޑި ހޯއްދަވައިދެއްވައިގެން ނޫނީ ރާއްޖެ އެންމެ އެދެވޭ މަންޒިލަށް ވާސިލްނުވާނެކަމަށް ވިދާޅުވަމުގެ މާނައަކީ ކޮބައިތޯ އެވެ. ބަރުލަމާނީ އަކީ، އަނެއްކާވެސް ބާރުތައް އަތައް އަންނެ ނިޒާމަކަށް ވީމަބާއެވެ.

ތިން އަހަރެއްހާ ދުވަހު އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައިގައި ވެސް ވިދާޅުވީ ބަރުލަމާނީއަށް ތާއީދު ކުރާކަމެވެ. އައު ޤާނޫނު އަސާސީއަށް ފަހު ބޭއްވި 7 އިންތިހާބުގެ ނަތީޖާއިން ވެސް ދެއްކި ނަތީޖާއިން ރާއްޖެއަށް ރިޔާސީ ނިޒާމް ފުރިހަމަ ނޫން ކަމަށް އެ އިންތިޚާބުތަކުން ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމްގެ ތެރެއިން ކޯލިޝަން ހެދުމެއް ނެތި އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބުކުރެވިފައި ނެތުމާއި ތިން ބާރުއެކުވެ، މުޅި ދައުލަތުގެ ނިޒާމް ގަނޑުބަނޑުވެފައިވުމަކީ އޭގެ ހެއްކެއް ކަމަށް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އާ ގާނޫނުއަސާސީ ހެދުމުގެ މަސައްކަތުގައި ވެރިކަމުގެ ނިޒާމްގެ ބާބު އެކުލަވާލުމުގެ ކުރިން ނިންމީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.

ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޭރުވެސް ނަޝީދާއި އެމްޑީޕީން ވަކާލާތު ކުރީ އިނގިރޭސިވިލާތާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެރިކަން ކުރާ، ބަރުލަމާނީ ނިޒާމް ގެންނާށެވެ. ރާއްޖޭގެ ތަޖުރިބާ އަށް ބަލާއިރު މި އުޅެނީ ނިޒާމްގެ މައްސަލައެއް ނޫނެވެ. މި އުޅެނީ ވެރިކަން ކުރާ ބައެއްގެ އިޚުލާސްތެރިކަން ނެތުމާއި ގިނަ ދިވެހިންނަށް ގަބޫލުނުކުރެވޭ ގޮތަށް ވެރިކަން ކުރުމުގެ އާދައެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުން ފެށިގެން، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ނަޝީދު އަދި ރައީސް ބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ވެސް ފެނުނީ އެ މަންޒަރުތަކެވެ.

ވެރިކަމުގައި ތިއްބަވާ އިރު، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވުމާއި އިދިކޮޅު މީހުންނަށް ޖެއްސުންކުރުމެވެ. ޚިޔާނާތުގެ މައްސަލަތަކެވެ. މަކަރާއި ހީލަތްތެރިކަމެވެ. ރައްޔިތުންނަށް އޮޅުވާލުމާއި، ގޮށްމުށުގެ ބާރެވެ. ބަރުކަމާނީ ނިޒާމް، ރާއްޖެއާ ނުގުޅޭ ކަން އަޅުގަނޑުމެންނަށް ކަށަވަރު ވެއްޖެ. ބާރުގަދަ ރައީސުލް ޖުމްހޫރިއްޔާ އަށް ވެރިކަމުގެ މުޅި ނިޒާމް ގަޑުބަޑުކުރެވޭ ކަމީ ފެންނާން އޮތް ހަގީގަތެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ތާއީދުނުކުރުމަށް އެންމެ ބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެމެވެ. ރައީސް ނަޝީދުވެސް ގަބޫލު ކުރަންވީ ހަގީގަތަކީ މިއެވެ. ރާއްޖެ އަށް ކުރިމަތިވެގެން މިއުޅެނީ ވެރިކަން ކުރާ ނިޒާމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކީ، ނިޒާމަށް ތަބާނުވުމެވެ. އަމިއްލަ އެދުން ބޭނުންވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: