ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޕޯޓް ހުސްކުރަން ހުކުމް ކުރީ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ބަދަލުކޮށްފަ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޕޯޓް ހުސްކުރަން ސިވިލް ކޯޓުން ނިންމީ މައްސަލަ ބައްލަވަމުންގެންދަވާ ގާޒީ ބަދަލުކޮށްފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ 15 ދުވަސްތެރޭގައި ދައްކާ، ބިން ހަވާލު ކުރުމަށް ސްޓްރާޑާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިމަހުގެ 26 ވަނަ ދުވަހު ހުކުމްކުރުމާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ  ޕީޕީއެމްއިން އެކަމަށް އިހުތިޖާޖު ކުރަންޖެހޭކަމަށެވެ.

ސްޓްރާޑާ ކުންފުނީގެ ދަށުން ސިނަމާލެ ބްރިޖް ޕްލެޓްފޯރމްގައި ހިންގަމުން އަން ނިއުޕޯޓް ވިއުގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރ އަދި ޕީޕީއެމްގެ ކައުންސިލް  މެމްބަރު ޒާހިދު ރަމީޒަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެނާއަކީ އެ ޕަޓީގެ ވަރަށް ޒިންމާދާރު ކައުންސިލް މެމްބަރެއްކަމުގައެވެ.

އެހެންކަމުން މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް މުޅި މައްސަލައިގެ ތަފްސީލް ތިލަކޮށްދެއްވުމަށް އެމަނިކުފާނުވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން  ސްޓްރާޑާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް ސަރުކާރުން ދޫކުރި ބިމުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕްލެޓްފޯމަކާއި ފުޓްސަލް ދަނޑަކާއި، ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރިކަމަށެވެ.

އެ މަސައްކަތަށް ކުންފުނިން ކުރި ހޭދަ އަނބުރާ ލިބިގަތުމަށްޓަކައި “ނިއު ޕޯޓް” ވިއުގެ ނަމުގައި ރެސްޓޯރަންޓަކާއި ބައިނަލްއަގްވާމީ ފްރެންޗައިޒް ބްރޭންޑް “ޗާޓައިމް” ހުޅުވި ކަމަށާއި ނަމަވެސް މާލެ ރިންގް ރޯޑު ހެދުމަށް “ޗާޓައިމް” ހިންގި ސަރަހައްދު ދައުލަތަށް ނަގަން ބޭނުުންވާ ކަމަށް އަންގައި އެ ތަން ތަޅާލި ކަމަށް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ “ޗާޓައިމް” ހިންގި އިމާރާތް ތަޅާލައި އެ ބިން ކުންފުނީގެ އަތުން ނެގީ ކުރި ހޭދައަށް އަދުލުވެރި ބަދަލެއް ނުދީއެވެ. އަދި އެ ކަމުގެ ސަބަބުން ކުންފުންޏަށް ލިބިފައި އޮތް ބިމުގެ ސަރަހައްދު ކުޑަވި ކުޑަވުމަށް ރިއާޔަތްކޮށް ބިމުގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމުގައެވެ.

ކުންފުނިން ކުއްޔަށް ހިފި ބިމުގެ ކުލި ކޮންމެ މަހަކު ވެސް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް އިއުތިރާޒު ނުކުރާ ކަމަށް އެބަޔާނުގައި ވެއެވެ. ނަމަވެސް ކޯޓެއްގެ ހުކުމަކާ ނުލައި އަދި ކުންފުންޏަށް އަދަލުވެރި ބަދަލެއް ދިނުމަކާއި ނުލައި ކުންފުންޏަށް ދޫކުރި ބިމުން ބައެއް ނެގީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ކުލި ނުދެއްކުނީވެސް އެ ކަމަށް ހެޔޮ ބަދަލެއް ދީފައިނުވާތީ ކަމަށް ބަޔާނުގައި ވެއެވެ.

ބްރިޖް ވިއުއިން ޕްލެޓްފޯމް ހެދުމަށް އެ ކުންފުނިން ކްރެޑިޓަށް ކޮންސްޓްރަކްޝަން ސާމާނު ދޫކުރި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެތައް މުވައްޒަފުންގެ މުސާރަ ނުދެވި،  މާލީ ގޮތުން އެ ކުންފުނި ބޮޑު އަނދަވަޅަކަށް ވެއްޓިފައި ވާކަން ބަޔާނުގައި ހާމަކޮށްފައިވާއިރު ސިވިލް ކޯޓުން ބިން ހުސްކުރުމަށް ކުރި ހުކުމް އެ ކުންފުނިން މިހާރުވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ. އަދި ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ހެދިފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން މުއްދަތަށް އެއް އަހަރު އިތުރެކުރި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ސްޓްރާޑާއާއި އެކު ވި އެއްބަސްވުން ބާތިލުކޮށްފައެވެ.

ކުލި ނުދައްކާ ހުރުމުގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ ޖުރިމަނާގެ އަދަދު 1.4 މިލިއަން ރުފިޔާއަށް އަރެއެވެ. އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެ ބިން ސްޓާރާޑާ ކުންފުންނިން ބޭނުންކޮށްފައިވާކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި، އެކަމަށް އަރާފައިވާ ޖޫރިމަނާގެ އިތުރުން ބަދަލު ނަގައިދިނުމަށްއެދި ޕްލޭނިންގް މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

އޭރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުރީ ޒާހިދު ރަމީޒެވެ. ނުވަތަ މަޝްހޫރު ނަމުންނަމަ ޒާހިދު ކްރިއޭޓާއެވެ. ނަމަވެސް ޒާހިދު މި މަގާމުން ވަކިވުމުން މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާގެ އަނބި ކަނބަލުން މަލަކާ އަބްދުލް އަޒީޒެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: