ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގެ އޮޑިޓް އިސްލާހުކޮށްފި، ގައިދީންނަށް ގިނަ ހައްގުތަކެއް

ޖަލު ރިޕޯޓުގައި ގައިދީންގެ ގިނަ ހައްގުތަކުގެ ވާހަކަ ފާހަގަކޮށްފައިވޭ : ފޮޓޯ/ ކަރެކްޝަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ގައިދީންނާ ބަންދު މީހުންގެ ހައްގުތަކާ ބެހޭ ގިނަ ކަންކަން އިސްލާހްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްއިން ބުނެފި އެވެ.

ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވާލެއްވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި މާލެ ޖަލާއި މާފުށި ޖަލުގައި ގައިދީން ބައިތިއްބާފައި ވަނީ ޖަލުގެ ޖާގައަށްވުރެ އިތުރަށް ކަންވެސް ފާހަގަކޮށްފައިވެއެވެ. 290 ޞަފްހާގެ އެ ރިޕޯޓްގައި ރާއްޖޭހެ ހުރިހާ ޖަލުތަކެއްގެ ހާލަތު ވަހިވަކިން ބަޔާންކޮށް އިސްލާހަށް ހުށަހަޅާފައިވަނީ މިދިޔަ މޭއި މަހުގެ ތެރެގައެވެ.

ކަރެކްޝަނަލް ސާވިސާސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ އެގޮތުން އިސްލާހްކުރި ގިނަ ކަންތައްތަކެއް ތަފްސީލްކޮށް ވިދާޅުވެފަ އެވެ. ޖަލުތަކުގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސައި މީހުން ޖަލުގައި ބަންދުކުރާތާ 24 ގައިޑިއިރު ތެރޭ އާއިލާއަށް އެކަން އެންގުމަށް ގައިދީއަށް ފޯނު ކޯލް ކުރުމުގެ ފުރުސަތު ދޭން ފަށައި ކޮންމެ 15 ދުވަހަކުން އެއް ފަހަރު އާއިލާއަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭން ހަމަޖެއްސިކަން މުނާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

މީގެ ކުރިން ޖަލުތަކުގައި އުޅޭ މީހުންނަށް ޑޮކްޓަރަށް ދެއްކުމުގައި އިހުމާލްވާކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. މުނާޒް ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 9785 ގައިދީން ޑޮކްޓަރަށްވެސް ދައްކައިފައިވާ ކަމަށެވެ.

ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަައެއް / ފޮޓޯ: ކަރެކްޝަންސް

ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ރިޕޯރޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުން ބައިތިއްބާފައިވާކަމަށް ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ މާލެ ޖަލާއި، މާފުށި ޖަލުގައެވެ. އޭގެ އިތުރުން ހާއްސަ ބައްޔެއް ހުންނަ ގައިދީންއަށް ޖަލު ކޮއްތުގައި ނުހިމެނޭ ކާނާވެސް ވިޔަފާރި އުސޫލުން މިހާރު ލިބޭގޮތް ވަނީ ހަދައިފަ އެވެ. އަދި ޕެރޯލްގެ ދަށުން ދޫކުރާ މީހުން އެމީހުންގެ ޕެރޯލްގެ މުއްދަތު މޮނިޓާ ކުރުމުގެ ގޮތުން އައސީއާރުސީގެ އެހީގައި 10 އޮފިސަރުން ތަމްރީންކޮށް އަމިލީގޮތުން ޕެރޯލް އޮފިސަރުންގެ ޒިންމާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް މުނާޒް ވަނީ އެ ރަސްމިއްޔާތުގެ ތެރެއިން ފާހަގަކޮށްފައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގައިދީންނަށް އެކި މަސައްކަތްތައް ދަސްކޮށްދިނުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއްވެސް ފަށައިފައިވާކަން މުނާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

ދޫނިދޫ ޖަލުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސް ސޯލިހް ވެސް ޒިޔާރަތް ކުރެއްވި / ފޮޓޯ: ކަރެކްޝަންސް

ޖަލުތަކުގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު ސަރުކާރަށް ހުށައަޅާނެ “ރިކަމަންޑޭޝަންތައް” ނުވަތަ ލަފާދޭނެ ކަންތައްތައް އެކުލަވާލުމަށް ހުައަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. އީވާގެ މި ހުށައެޅުމަށް ތާޢީދުކުރައްވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދެވެ. މިގޮތަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ އިއްތިފާޤުންނެވެ.

ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލި ކޮމިޝަނުން އެލުކަވާލި ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ޖަލުތަކަކީ އެކި ކެޓަގަރީގެ މީހުން ބަންދުކުރުމަށް ހަދާފައިވާ ޖަލުތަކަކަށްވީނަމަވެސް، ގިނަ ޖަލުތަކުގައި ހުރިހާ ކެޓަގަރީއެއްގެ މީހުންވެސް ތިބިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ޖަލުތަކުގައި ޤައިދީންގެ ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅާފައި ނުވާކަމާއި، އެކި ޖަލުތަކުގައި އެއް ކެޓަގަރީއެއްގެ މީހުންނާމެދުވެސް އެކި ގޮތަށް ޢަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ގައިދީންނަށް ކުރާ އަނިޔާތަކުގެ ވާހަކަ އެންމެ ބޮޑަށް ދެކެވިގެން އައީ މިދިޔަ ޖުލައި މަހުގެ ތެރޭގައި / ފޮޓޯ: ކަރެކްޝަންސް

ޖަލު އޮޑިޓް ރިޕޯޓުން ފާހަގަވި ބޮޑެތި ކަންތައްތައް

– ޖަލުތަކުގައި އަނިޔާގެ މައްސަލަތައް

– ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުން

– ޖާގައަށް ވުރެ އިތުރަށް ޖަލުތަކުގައި މީހުން ބަންދުކުރުން

– ހައްގުތަކުން މަހުރޫމުކުރުން

– ހުޅުމާލޭގައި ހުންނަ ބިދޭސީން ބަންދުކުރާ ޖަލުގައި ތިބި މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން

– ޕެރޯލާއި ކްލެމެންސީ މިހާރު ދޭ ގޮތް އިންސާފުވެރިއެއް ނޫން. އެ ދެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް

މިނިސްޓަރު އިމްރާން ވިދާޅުވީ ޒަމާނުއްސުރެ ޖަލުތަކުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. ނަމަވެސް ހާލަތު ދެނެގަނެވުމުން، އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކުގެ ތެރޭގައި މާލެ ޖަލާއި ކ.މާފުށީ ޖަލާއި ކ.ހިންމަފުށީ ޖަލު ހިމެނެއެވެ. އަދި ފުލުހުން ބަލަހައްޓަމުން އަންނަ ޖަލުތަކުގެ ތެރޭގައި މާލޭގައި ހުންނަ އަތޮޅުވެއްސާއި ދޫނިދޫ ޖަލު ހިމެނެއެވެ. ބިދޭސީންނަށް ހާއްސަކޮށް، ހުޅުމާލޭގައި ޑިޓެންޝަން ސެންޓަރެއް ވެސް ހިންގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: