ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުކްލިއަ ހަތިޔާރު އުފެއްދުމާއި ޓެސްޓު ކުރުން މަނާކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

ނިއުކްލިއަ ހަތިޔާރު އުފެއްދުމާއި ޓެސްޓު ކުރުން މަނާކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުކްލިއަ ހަތިޔާރު އުފެއްދުމާއި ޓެސްޓު ކުރުން މަނާކުރާ މުއާހަދާގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއުކްލިއަ ހަތިޔާރު ރައްކާކޮށްފައި ބެހެއްޓުމާއި، އެއްތަނުން އަނެއް ތަނަށް އުފުލުގައި ބައިވެރިވުމާއި އަދި ބޭނުން ކުރުން މާނަކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކުރީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިއީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުން ފާސްކުރި އެއްބަސްވުމެކެވެ. މިހާތަނަށް 70 ގައުމަކުން ވަނީ މިއެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެހެންނަމަވެސް އެއްބަސްވުމަށް އަމަލު ކުރުން އެއްވެސް ގައުމަކަށް މަޖުބޫރެއް ނުކުރާނެއެވެ. މި އެއްބަސްވުން ބުނާ ގޮތުން މި މުއާހަދާއަށް އަމަލު ކުރުމަކީ ކޮންމެ ގައުމެއްގެ ވެސް އަމިއްލަ  އިޚުތިޔާރުގައި އޮންނަ ކަމެކެވެ.

ރާއްޖެ އިން މި މުއާހަދާގައި ސޮއިކުރަން ކެބިނެޓުން ނިންމީ މިއަހަރުގެ އޮގަސްޓް މަހުގެ 27 ގަ އެވެ. އަދި ރާއްޖެއިން މި މުއާހަދާގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިއަހަރުގެ ސެޕްޓެމްބަރު 3 ގަ އެވެ.

ނިއުކްލިއަ ހަތިޔާރު އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި ބައިވެރިވުން ނުވަތަ ގެންގުޅުން މަނާކުރާ މުއާހަދާގައި ރާއްޖެއިން އެންމެ ފުރަތަމަ ސޮއިކުރީ 1970 ވަނަ އަހަރުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: