ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒްގެ ފާޑުވިދާޅުވުން ރައީސް ޔާމީންގެ ވަކީލުންނަށް!

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑާރ ކުރުމުގެ ދައުވާގެ ޝަރީޢަތުގައި ރައީސް ޔާމީންގެ ވަކީލުންގެ އަމަލުތަކާއި ބަސްމަގު ހުންނަ ގޮތަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ފާޑުވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ ވަކީލުން ޝަރީޢަތުގެ މަޖިލީހުގައި ޚުތުބާ ވިދާޅުވާ ކަމަށާއި ޑްރާމާ ކުޅުއްވަން އުޅުއްވާހެން ހީވާ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައި ވަނިކޮށް ފާއިޒް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ލައިވް ކުރަމުންދާތީ އެމަނިކުފާނުގެ ވަކީލުން މަޝްހޫރުވާން އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. 

ފާއިޒް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ހިންގާ ޝަރީޢަތުގެ ތެރެއިން ފާހަކުރެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ބުދަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި ހިނގާ ދިޔަ ކަންތައްތަކުގެ ތެރެއިން ނޫސްވެރިންގެ ލޮލުގައި އަޅައިގަތް އެއްކަމަކީ، އަދަޔާޚިލާފު އަޑުހަރުކޮށް ވަކިރާގަކަށް ބަޔާން އިއްވުން ހުއްޓުވި މަންޒަރު ކަމަށެވެ. އަދި އެކަމުގައި މައްސަލަ ބައްލަވާ ޤާޟީ އެޅުއްވި ފިޔަވަޅު ރަނގަޅު ކަމަށް ފާއިޒް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލީހުގެ އަދަބުތަކެއް އަދި ހިފަހައްޓަންޖެހޭ އުޞޫލުތަކަކާއި ހަމަތަކެއް ހުންނަ ކަމަށާއި އޭގެތެރެއިން ގިނަ ކަންކަމަކީ ދުނިޔޭގެ އެހެން ޖޫރިސްޑިކްޝަންތައް ފަދައިން ލިޔެފަހުންނަ ކަންކަން ނޫން ކަމަށް ފާއިޒު ވިދާޅުވިއެވެ. ނަމަވެސް، ކޯޓުރޫމްތަކަށް ފަރިތަ ވަކީލުން ރަނގަޅަށް އެކަން ދަންނާނެ ކަމަށާއި  ޤާޟީ އިޝާރާތް އެކުރެއްވީ އެކަމަށް ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

ފާއިޒު ވިދާޅުވީ ލައިވްކުރާ ޝަރީޢަތެއްނަމަ، މަޝްހޫރުކަން ހޯދުމަށް ތަފާތު ޓެކްޓިކް ބޭނުންކުރުމަކީ ހުރިހާ ތަނެއްގައިވެސް، ވަކީލުން ކުރާ ކަމެއް ކަމަށާއި އެގޮތުން މަޝްހޫރުވެގެން ދިޔަ އޯޖޭ ސިމްސޮން ގެ ޝަރީޢަތް ދުނިޔޭގެ ގިނަ ޓީވީތަކުން ލައިވްކުރިއިރު އެމައްސަލާއިގެ ދިފާޢީ ވަކީލު މަޝްހޫރުވީ އޭނާގެ ސްމާޓުކަން ދައްކަން ކުރި މަސައްކަތުންކަން ފާއިޒު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ސައުތުއެފްރިކާގެ މަޝްހޫރު ބްލޭޑް ރަނާރ އޮސްކާ ޕިސްޓޮރިއަސްގެ ޝަރީޢަތަކީ ވެސް ދުނިޔޭގެ ގިނަ މީޑިޔާތަކުން ލައިވްކުރި ޝަރީޢަތެއް ކަމަށާއި އެ ޝަރީޢަތުން ވެސް، ދިފާޢީ ވަކީލުން ޓެކްޓިކް ބޭނުންކޮށް މަޝްހޫރުކަން ހޯދި ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: