ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕަށް މަސް އެތެރެކުރުމުގައި ނަގާ ޑިއުޓީ: ރާއްޖެއަށް އީޔޫއިން އެހީވާން ތައްޔާރު؟

އިޔޫގެ ގައުމުތަކަށް މަސް އެތެރެ ކުރުމުގައި ނަގާ ޑިއުޓީ ކުޑަ ކުރުމަށް މަޝްވަރާ ކުރެވޭތާ ވަނީ ދުވަސްތަކެއް ވެފައި: ފޮޓޯ/ ފައިލް ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީ އިން ޔޫރަޕިއަން ޔޫނިއަން އާއި މަޝްވަރާކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ. ޔޫރަޕްގެ ޤައުމުތަކުން ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން ރާއްޖެއިން އެންމެ ފުރަތަމަ މަޝްވަރާކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އީޔޫގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

އެއަށްފަހު މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ އެންމެ އިސްވެރިޔާ ފެޑްރީކާ މޮގެރީނީ ޜާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް މަސައްކަތްކޮށްދެއްވާނެކަން ރަސްމީގޮތެއްގައި އިއުލާނު ކުރައްވާފައެވެ. ރާއްޖެއިން އާންމުކޮށް މަސް އެކްސްޕޯޓް ކުރަނީ ޔޫރަޕުގެ ގައުމުތަކަށެވެ. އެހެން ނަމަވެސް އެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި މިހާރު 24 ޕަސަންޓް ޑިޔުޓީއެއް ދައްކަން ޖެހެއެވެ. މަހުގެ އެކި ބާވަތްތައް އެކްސްޕޯޓުކޮށްގެން ރާއްޖެއަށް ބޮޑު އާމްދަނީއެއް ވަންނައިރު ވޭތުވެ ދިޔަ ބައެއް މަސްތަކުގެ ތަފާސްހިސާބުތަކުން އެ ދާއިރާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިކަންވެސް ފާހަގަ ކުރެވެއެވެ.

ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން ބޭއްވި ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ ކަމާއިގުޅޭ ފަރާތްތަކާއި އެކު މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ގުޅޭގޮތުން އަދުގެ ސަރުކާރުގެ ސިޔާސަތާއި އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޔުރަޕިއަން ކޮމިޝަންގެ ކަމާގުޅޭ ފަރާތްތަކަށް މަޢުލޫމާތު ދެއްވިއެވެ. ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ޔޫރަޕުގެ ޤައުމުތަކަށް އިމްޕޯޓްކުރާ މަހަކީ، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ބާނާފައިވާ މަސްވެރިކަމުގެ އުފެއްދުންތައް ކަމުގައި ޔަޤީންކުރުމަށް ޔޫރަޕިއަން ކޮމިޝަންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކުރެއެވެ. އެހެންކަމުން، ކޮމިޝަންގެ ކަމާއިގުޅޭ ފަރާތްތަކުން ވަނީ 2017 ވަނަ އަހަރުން ފެށިގެން 3 ފަހަރެއްގެ މަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިނިސްޓްރީއާއެކު ބައްދަލުވުންތައް ބާއްވާ، ދިވެހިރާއްޖެގައި މަސްވެރިކަމުގެ ނިޒާމު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ބަލާފައެވެ.

މޮގުރީނީ ވިދާޅުވީ އެކްސްޕޯޓު ކުރުމުގައި އެހީތެރިކަން ދިނުމަށް އިތުރު ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ. އެއީ އިގްތިސާދީ ކުރިއެރުވުމަކަށް ވެސް ވާންޖެހޭކަމަށާއި، އެހެން ނަމަވެސް މިއީ މިވަގުތު ދެވެން އޮތް ޔަގީންކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މަޝްވަރާތަކަށްފަހު އަންނަ ނޮވެމްބަރު މަހު އެ ބަދަލުތައް ފެންނާނެކަމަށް މޮގުރީނީ ވިދާޅުވިއެވެ. މޮގުރީނީގެ ވާހަކައިގައި ވަނީ އީޔޫގެ ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުމުގައި ބޮޑު ޑިއުޓީއެއް ނަގާ މައްސަލައިގައި ރައްޖެއަށް ހައްލެއް ހޯދައިދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މޮގުރީނީ ވިދާޅުވީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ ޑަބްލިއުޓީއޯގެ އުސޫލުތަކާ ހިލާފަށް ވަކި ގައުމަކަށް ޑިޔުޓީ ކުޑަކުރުން ފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރު، އީޔޫގެ ޖެނެރެލައިސްޑް ސިސްޓަމް އޮފް ޕްރިފެރެންސް ޖީއެސްޕީ ގެ ދަށުން ރާއްޖޭން ޔޫރަޕަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ދައްކާކަށްނުޖެހެއެވެ. އެ ދުވަސްވަރު ޔޫރަޕަށް އެކަނި ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން 40 ޕަސަންޓް ބޭރުކުރީ ޔޫރަޕަށް ނަމަވެސް، 2013 ވަނަ އަހަރު މެދު އާމްދަނީގެ ގައުމަކަށް ރާއްޖެ ގްރެޖުއޭޓް ވުމާއެކު އީޔޫން ދެމުންއައި ޖީއެސްޕީގެ އިނާޔަތްތައް ވަނީ ކަނޑާލައިފައެވެ. އަދި 2015 ވަނަ އަހަރު ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށް އީޔޫން ތައާރަފްކުރި ޖީއެސްޕީ ޕްލަސް ގައި ވެސް އަސާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ 27 މުއާހަދާއެއްގައި ބައިވެރިނުވާތީ ރާއްޖެ އެ އިނާޔަތްތަކަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާކަމަށް ޔޫރަޕުގެ އިއްތިހާދުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

އެ މުއާހަދާތަކުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އައިސީސީޕީއާރު ގައި ދީނީ މިނިވަންކަން ދިނުމުގެ ބައި އޮންނާތީ ޖީއެސްޕީ ޕްލަސް ހޯދުމުގައި ރާއްޖެއަށް ވަނީ ހުރަސްއެޅިފައެވެ. ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް ހީނަރުވިއެވެ.

އެގޮތުން އީޔޫ މޯލްޑިވްްސް ޕޮލިސީ ޑަޔަލޮގް މިދިޔަ އަހަރަކު ނުބާއްވައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ޔޫރަޕިއަން ޔޫމިއަންއަކީ ރާއްޖެ އަށް އިގުތިސާދީ ގޮތުން ވަރަށް މުހިއްމު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިރު އެ ދާއިރާގައި ގިނައިން އިންވެސްޓްވެސް ކުރާ ކަމަށެވެ. އެހެންކަމުން، ރާއްޖެ-އީޔޫ އިންވެސްޓްމެންޓް ޑަޔަލޮގެއް މި އަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: