ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ގޮތަކުންވެސް މިސްރާބު ހުރީ އަޅުވެތިކަމާއި ދިމާލަށް: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް.. ފޮޓޯ:މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ގޮތަކުންވެސް މިސްރާބު ހިފާފައި ހުރީ އަޅުވެތިކަމާއި ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމާ ގުޅޭ ގޮތުންނާއި ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޑިއާގެ ޗީފް ހައިޑްރޮގްރާފާ ވައިސް އެޑްމިރަލް ވިނޭ ބަދްވާ އާއި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަޝްވަރާކުރެއްވުމުން އެކަމާއި ގުޅޭގޮތުން ޓްވީޓް ކުރައްވަމުން ޝިޔާމް ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެއަށްވުރެ ވަކި ނުރައްކާތެރި ކަމެއް އޮތްތޯ އައްސަވައި ސުވާލު ކުރިމަތި ކުރައްވާފައެވެ.

 

https://twitter.com/Shiyamaldives/status/1177505663863255042

ހައިޑްރޮގްރަފީ އަކީ މޫދު، ފަޅު، ކަނޑު، ފެން ކޯރު އަދި ވާދީތައް މިނެކިރާ، އެތަންތަނުގެ ”ފިޒިކަލް ފީޗާސް” ސައިޒްގެ އެހީގައި ހޯދާ ހޯދުމެކެވެ. މީގެ އިތުރުން މޫދާ، ފަޅުތަކާ، ކަނޑުތަކާ ފެންކޯރުތައް އަދި ވާދީތަކަށް އެކި ވަގުތު އަންނަ ބަދަލުތަކާއި ކުރިއަށް އަންނާނެ ބަދަލުތައް ލަފާކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރު ކުރުމަށް އެހީވެދޭ ޒަރިއްޔާއެކެވެ. ޝިޔާމް ވަނީ މީގެ ކުރިންވެސް ސަރުކާރުން މަސްވެރިންނަށް އިހުމާލުވަމުންދާކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: