ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްޗްގެ މިސްކިތް ބަންދުކޮށްފި

އައިޖީއެމްއެޗްގައި ނަމާދުކުރާ މިސްކިތް. ފޮޓޯ: ޓުވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިހުރި ނަމާދުކުރާ މިސްކިތް ބަންދުކޮށްފިއެވެ.

އައިޖީއެމްއެޗްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހޮސްޕިޓަލްގެ އިމާރާތްކުރުމަށްޓަކައި ތަކެތި ބެހެއްޓުމާއި މަސައްކަތް ކުރުމަށް ބޮޑު ޖާގައެއް ބޭނުންވާތީ މިމަހުގެ 25ން ފެށިގެން އެ ހޮސްޕިޓަލުގެ 7 ވަނަ ގޭޓު ސަރަޙައްދު ބަންދު ކުރެވިފައިވާ ކަމަށެވެ. އެއާއެކު ހޮސްޕިޓަލުގެ 7 ވަނަ ގޭޓާއި ނަމާދުކުރާ ތަންވެސް ބަނދުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްޗްގައި ހުރި މިސްކިތް ބަންދު ކުރުމާއި ގުޅިގެން ސަންގަށް މައުލޫމާތުދެއްވަމުން ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ އައިޖީއެމްއެޗް ތަރައްޤީކުރުމުގެ އެންމެ ބޮޑު މަޝްރޫޢުއެއް ހިންގާފައިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށް ދިޔައިރު އެމިސްކިތް އެއްވެސް ވަގުތު ކޮޅަކަށް ބަންދު ކޮށްފައި ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުން އައިޖީއެމްއެޗްގައި ހުރި މިސްކިތުގެ އާބާތުރަ ފިލުވާ އަދި އެ މިސްކިތުގެ ޖާގަ ވެސް ބޮޑު ކޮށްފައިވާނެ ކަމަށެވެ.

އައިޖީއެމްއެޗްއަކީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ދުވާލެއްގެ މައްޗަށް ވަންނަ ހޮސްޕިޓަލަކަށް ވާއިރު ހޮސްޕިޓަލުގައި ނަމާދު ކުރާނެ އިތުރު ތަނެއް ނުދައްކާ މިސްކިތް ބަންދުކުރުމަކީ ވަރަށް ނުރައްކާ މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުންމީދު މި ކުރަނީ މިސްކިތް ބަންދު ކުރީ އައިޖީއެމްއަށް ދާ މީހުންނަށް ނަމާދުކުރާނެ އިތުރު ގޮތެއް ހޯދާފައި ކަމަށް. އެހެން ނޫން ކަމަށް ވަންޏާ އެ ބަންދު ކުރެވެނީ ހަމައެކަނި ނަމާދު ކުރާ ތަނެއް ނޫން. އެ ކުޅެވެނީ އެތަށް ރައްޔިތުންނެއްގެ ދީނީ އަޤީދާޔާ. އައިޖީއެމްއެޗްއަކީ ވަރަށް ގިނަ ބަލި މީހުން ޑޮކްޓަރަށް ދައްކަން ދާ ތަނެއް. ހޮސްޕިޓަލުގައި މިސްކިތެއް ނެތުމަކީ ވަރަށް އުންދަގޫވާނެ ކަމެއް.” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 6 ވަނަ ފަންގިފިލާގައި ނަމާދު ކުރުމަށް ފުރިހަމަ މިސްކިތެއް ހުންނާނެ ކަމަށެވެ.

” ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނާނެ އަންހެން ފިރިހެން ވަކިން ނަމާދު ކުރެވޭ ގޮތަށް ހަދާފައި ހުރި ހިތްގައިމު މިސްކިތެއް. އަޅުގަނޑު އުންމީދު ކުރަނީ މި އެ މިސްކިތް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާނެ ކަމަށް” ނާޒިމް ވިދާޅުވިއެވެ.

މިސްކިތް ބަންދު ކުރުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދުވެސް ވަނީ ނުރުހުން ފާޅުކުރައްވާ ޓުވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޖަމާޢަތުގައި ނަމާދަށް އަރަން ބޭނުންވާ ހޮސްޕިޓަލްގައި އުޅޭ މީހުންނަށް ފުރުސަތު ހަނިކޮށް އައިޖީއެމްއެޗް މަރާމާތު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

https://twitter.com/FaZuLRaShYd/status/1177374519419232257

އައިޖީއެމްއެޗްގައި ހުރި މިސްކިތް ބަންދު ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންދަނީ އަމާޒުވަމުންނެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިސްކިތް ބަންދު ކުރުމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ސަންގުން މަސައްކަތް ކުރި ނަމަވެސް އައިޖީއެމްއެޗްގެ ބޭފުޅަކާއި ވާހަކަދައްކާލެވޭ ގޮތްވަނީ ނުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: