ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނީގެ ކުރީގެ ވެރިންތަކާއި ހެދި ގެއްލުންވި، ޒިންމާ ކުރުވާނަން: ފެނަކަ

އީއައިއޭ ނުހެދި މައްސަަލައިގައި ފެނަކައަށް ބޮޑު ޖުރިމަނާއެއް، ފެނަކައިން ބުނަނީ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ވެރިން ކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އިސްވެރިންތަކާއި ހެދި، ކުންފުނިން ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ބުނެ އެ ފަރާތްތައް ޒިންމާ ކުރުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހއ ތަކަންދޫ، ހދ.ފީނޭ، ނ.ހެނބަދޫ، ނ.މާޅެންދޫ، އަދި ބ.ކެންދޫ އިންޖީނުގެތައް އިމާރާތް ކުރުމުގެ މަޝްރޫއުތައް، “ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު” ހެދުމެއް ނެތި ފަށާފައިވާތީ އެންވައިރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފެނަކަ ޖޫރިމަނާ ކުރުމާއިގުޅިގެން ފެނަކައިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ މަޝްރޫއުތަކަކީ، 2017 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހު ފަށާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.  އެގޮތުން، ފަސް ރަށުގެ އީއައިއޭ ހެދުމެއް ނެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވުމުން އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސް އެކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ފެށީވެސް ފެނަކައިގެ އިސްނެގުމަކަށް ކަމަށެވެ.

ފެނަކައިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުންޏަކީ ރައްޔިތުންގެ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވެފައި، ފޯރުކޮށްދެވޭ ހިދުމަތްތަކަކީ މާލީ މަންފާއެއް ހޯދުމަށް ދެވޭ ހިދުމަތްތަކެއް ނޫން ކަމަށެވެ. ނަމަވެސް، ކުންފުނީގެ ކުރީގެ ވެރިންތައް ކޮށްފައިވާ ޒިންމާދާރުކަން ކުޑަ އެފަދަ މައްސަލަތަކުގެ ސަަބަބުން 30 ދުވަހުގެ ތެރޭގައި 600،000 (ހަ ލައްކަ ރުފިޔާ) ދައްކަން ޖެހުމަކީ ހިތާމަ ކުރާ ކަމެއްކަމަށް ފެނަކައިގެ ބަޔާނުގައި ވަނީ ބުނެފައެވެ.

https://twitter.com/TeamFenaka/status/1177209386550231040

މި ޖުރިމަނާއަކީ ކުރިން އަންދާޒާވެސް ކުރެވިފައި ނުވާ ޖުރިމަނާއެއް ކަަމަށް ވުމުން މިއީ ކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ފާހަގަކޮށް ފެނަކައިން ވަނީ ކުންފުންނިން ގެއްލުންތަކާއި ކުރިމަތިލާން ޖެހުނު ފަރާތްތަކާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާ ކުރުވުމާނެ ކަމަށް ބުނެފައެވެ. އޭގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް އުނިކަމެއް އަދި ލަސްވުމެއް އަޔަނުދިނުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މިދިޔަ ސަރުކާރުގައި ފެނަކަ އިން ހިދުމަތް ދީފައިވާ ގޮތާ މެދު ފާޑުކިޔަމުން، އެ ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ވަނީ މީގެ ކުރިން ފެނަކަ ހިންގި ފަރާތްތަކަށް ކުންފުނި ހިތަކަށް ލިބި “ސައްބުބޭގެ ހުނިގޮނޑި” ފަދައިން ކަންވެ ގޮސްފައިވާ ވާތީ، ހިދުމަތް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްބުނެފައެވެ. 

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏަކާއި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ މަސްލަހަތު އޮންނަ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތިން ގުނައަށް ވުރެ ބޮޑު އަގުގައި ޑީސަލް ގަތް ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު އެކަން އެފަރާތްތަކުން ދޮގުކުރެއެވެ.

ފެނަކައިގެ ބަޔާނުގައި ބުނީ ކުރިން ކުންފުނި ހިންގަން ތިބި މީހުން ހޯދި ނާޖާއިޒް ފައިދާއިން ރެކި، އަދި މިއަދު އެ ކުންފުނި ނަޒާހާތްތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް ފަސް އަޅާ ފޮރުވަން އުޅުމަކުން، ކުރިން ހިންގާފައިވާ ޖަރީމާތައް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

ފެނަކައިން ބުނިގޮތުގައި އެ ކުންފުންޏާ ގުޅޭގޮތުން އެތަނުގެ ކުރީގެ ވެރިން އެކި ވާހަކަތައް ދައްކަވަމުން ގެންދަވަނީ ކުންފުނީގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ރައްޔިތުންނަށް ހާމަވަމުން ދާތީ އެކަމުގެ ނުތަނަވަސް ކަމުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ހާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: