ކުއްލި ޚަބަރު

ރާއްޖޭގެ މަސްވެރިންނަށް ދިމާވާ ދަތިތައް: މިކަމުގެ ހައްލު އޮތީ ކިހާހިސާބެއްގަ؟

ރާއްޖޭގެ މަސްވެރިކަން، މި ދުވަސްވަރު ރަނގަޅުވެފައި ވީ ނަމަވެސް މަސް ކިރުވުމަށް ދަތިތަކެއް އެބަހުރި
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މިހާތަނަށް އައިއިރުގައި، މިފްކޯއާއި، ފެލިވަރާއި ކޫއްޑޫއާއި، އަދި އައްޑޫގައި ހަދާފައި ހުރި ފެކްޓްރީގެ މަސައްކަތްތައް ހުރީ މަސްވެރިކަން ރަނގަޅުވުމާއިއެކު ހިދުމަތްދެވޭފަދަ ފެންވަރެއްގައި ނޫނެވެ.

ރާއްޖޭގައި އޮތް ދެވަނަ އިޤްތިޞާދަކީ މަސްވެރިކަމެވެ. ރާއްޖޭގެ ތާރީޚުގައި ނުދެކޭފަދަ މަސްވެރިކަމެއް މި އަހަރު ރާއްޖެއަށް އެބައޮތް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. އެގޮތުން ކުރިޔަށް އޮތް ތިން މަސް ވެގެންދާނީ މިފްކޯއަށް އެންމެ ގިނައިން މަސް ގަތް އަހަރަށެވެ. ނަމަވެސް، މިހާތަނަށް އައިއިރުގައި، މިފްކޯގައި، ފެލިވަރާއި ކޫއްޑޫއާއި، އަދި އައްޑޫގައި ހަދާފައި އެހުރި ފެކްޓްރީގެ މަސައްކަތްތައް ހުރީ މިފަދަ ކަމަކަށް ތައްޔާރުވެފައި ނޫންކަމަށް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވިދާޅުވެފައެއެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއަރައި ދާއިރުގައި، މަސް ގަނެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހެނީ ސަރުކާރުން ކަމަށާއި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން އެސްއެމްއީ ކުންފުނިތަކުން މަސްގަނެވޭގޮތަށް ވަގުތީ ހުއްދަ ދޭގޮތަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއަށްފަހުގައި ފެލިވަރު ފެކްޓްރީއާއި، ކޫއްޑޫއާއި، ހުޅުމީދޫގައި ހުރި ފެކްޓްރީ އަޕްގްރޭޑްކޮށް، އެތަންތަން ބޭނުންކުރެވޭގޮތް އަވަހަށް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ މަސްވެެރިކަން މި ދުވަސްވަރު ވަނީ ވަރަށް ބޮޑުތަނުން ރަނގަޅުވެފައި

އިންޑިއާ ކަނޑުގައި މަސްވެރިކަން ރަނގަޅުވެގެން އައި ދުވަސްވަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ރާއްޖޭގައި މަސްވެރިކަން ކުއިއަރަން އިތުރުވެގެންދިޔަ އެއް ސަބަބެއްގެ ގޮތުގައި ބެލެވެނީ އިންޑިއާ ކަނޑުގައި ދާ އަޅައިގެން މަސް ހިފުން ކަމަށެވެ.
ކޯޓާ ސިސްޓަމަށް އެއްބަސްވެވި، އެއަށް ޢަމަލުކުރަން ފަށުމެވެ. އެހެން ކަމުން ވަކިވަރަކަށްވުރެ ގިނައިން ދާ އަޅައިގެން އެއްވެސް ބަޔަކަށް އިންޑިއާ ކަނޑަކު މަސްވެރިކަމެއް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މަސް ކިރަން ހުޅުވާލުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މިއީ ސަރުކާރުން ހަދާ ލިސްޓެއް ނޫން ކަމަށާއި އެކަމަށް ޝައުގުވެރިވާ ކޮންމެ ބަޔަކަށް މަސް ގަނެވޭނެކަމަށެވެ. އަދި އެ މަސް ރާއްޖެއިން ބޭރު ކުރެވޭގޮތަށް ހުޅުވާލި އެ ފުރުސަތަކީ ވަގުތީ ހައްލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއަށް މިވަގުތު އެވްރެޖުގޮތެއްގައި ދުވާލެއްގެ މައްޗަށް 200 ޓަނު ވަންނައިރު އެވަރަށް ކިރޭނެ ޖާގައެއް ނެތް ކަމަށެވެ. ރައީސް ވަނީ މަސް ބާނާ ފަރާރްތަކަށް ވަގުތުން ހަމަ ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިދާ ސްޕީޑުގައި މަސައްކަތްތައް ދާނަމަ އުނދަގޫކަންތަކެއްވެސް ހުރެދާނެކަމަށެވެ.

ރާއްޖޭގެ މަސްވެެރިކަން މި ދުވަސްވަރު ވަނީ ވަރަށް ބޮޑުތަނުން ރަނގަޅުވެފައި، ނަމަވެސް މަސް ކިރުވުމުގައި އުނދަގޫތަކެއް އެބަހުރި

ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ހަމައެކަނި ފެންނާން އޮތީ ފެލިވަރުއިން ނޫން ކަމަށާއި ފެލިވަރު ވެސް އޮތީ ވަރަށް ހާލުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެންމެ ފަހުން އައްޑޫ ސިޓީ ހުޅުމީދޫގައި ހެދި ފްކްޓްރީއަސް ބަލާއިރު އެތަނަށް ދޯޯނި ފަހަރުރުތަކަށް ވަދެވޭހެން ފުންކޮށްފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ. ދެކުނުގެ މަސްވެރިކަން ރަނގަޅުވާން ވާއިރަށް އެ ފަޅު ފުންކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން، މަސް ސްޓޯރޭޖްކުރާ އަދަދު ފެލިވަރުގަޔާއި ކޫއްޑޫގައި އިތުރުކުރުމުގެ ޕްލޭނެއް އެބައޮތްކަމަށާއި އޭގެ ފައިސާވެސް ސަޢޫދީ ސަރުކާރުން ހަމަޖެހިފައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިފްކޯ އިން ބުނީ އެ ދުވަހަކު ބޭނޭ މަސް އެ ދުވަހަކު ނުކިރޭތީ ޖެހިގެން އަންނަ ދުވަހަށް ކިއު ނަމްބަރެއް ދޫކޮށްގެން މަސް ކިރަމުން އަންނަ ކަމަށެވެ. އެގޮތަށް މަސް ކިރާއިރު ފެލިވަރުން ދޫކުރާ އައިސް ބޭނުން ކޮށްގެން މަހުގެ ތާޒާކަން ނުހިފެހެއްޓޭނަމަ އެންމެ ކައިރީގައި ހުންނަ އައިސް ޕްލާންޓަކަށް ގޮސް އައިސް އެޅުމަށް އެދޭ ކަމަށާއި، އެކަމަށްޓަކައި މަސްވެރިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް އެ ބަޔާނުގައިވެ ބުނެފައިވެއެވެ.

މަސްވެރިކަން ރަނގަޅުވެ މަސް ނުކިރިގެން އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

https://twitter.com/M_Adhuham/status/1175794522212552704

ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ގއ.ކޫއްޑޫއަށް މަސްކިރަން ބޭނުންވާ މަސްވެރިންނަށް 20 ފީފާ ތެޔޮ ހިލޭ ދޭން އެސްޓީއޯ އިން ވަނީ ނިންމާފައެވެ. އެސްޓީއޯ އިން ބުނީ މި ދުވަސްވަރު އުތުރުގައި މަސްވެރިކަން ރަނގަޅުވުމުން ވަރަށް ގިނަ ދެކުނުގެ މަސްވެރިން ވެސް އުތުރުން މަސް ބާނައިގެން އަނބުރާ ދެކުނަށް މަސްކިރަން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ކޫއްޑޫއަށް މަސްކިރަން ދާ މަސްވެރިންނަށް އިއްޔެ އިން ފެށިގެސް އެސްޓީއޯ އިން ވަނީ 20 ފީފާ ތެޔޮ ދޫކުރަން ފަށާފަ އެވެ. އެސްޓީއޯ އިން ބުނީ މިއީ ބޭކާރު ތެޔޮ އަންދައިގެން މަސްކިރަން ދާން ޖެހޭ ޖެހުމަށް ލުޔެއް ދިނުމުގެ ގޮތުން ދޭ އިނާޔަތެއް ކަމަށެވެ.

މި ދުވަސްވަރު ދެކުނަށް ވުރެ މެދުރާއްޖެތެރެ އާއި އުތުރުގައި ވަނީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެހެންކަމުން، މަސްކިރަން ޅ.ފެލިވަރާއި ކޫއްޑޫގައި ވަނީ ދިގު ކިއުއެއް ހަދާފަ އެވެ. މީގެ ދެ ދުވަހެއްހާ ދުވަސް ކުރީން ސޯޝަލް މީޑިއާގައި ވަނީ މަސް ދޯންޏަކުން ބޭނި މަސް ނުކިިރި ހަލާކުވެގެން ކަނޑަށް އުކާލާ ތަން ފެންނަ ފޮޓޯތަކެއް އާއްމުވެފަ އެވެ. ނަމަވެސް މަސްވެރިކަމުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ބުނީ އެއީ ވަރަށް ޒިންމާދާރު ކަމެއް ކަމަށާއި މަސް ކިރޭތޯ ބަލަން އެ ސަރަހައްދަށް ނުގޮސް ގުޅައިގެން ވެސް މިހާރު ބެލިދާނެ ކަމަށެވެ. އާންމުންގެ ގިނަ ފަރާތްތަކުން ބުނީ މަސްކޮޅު ހިލޭ ދިނަސް އެއަށްވުރެ މާ ރަނގަޅުވާނެ ކަމުގައެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އަންނަނީ އެ ކުންފުނީގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސްވެރިން ބާނާ މަސް ގަންނަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: