ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރި ކަމުގެ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ނައިބު ރައީސް "ޖަޒީރު ކެނޯ ރޭސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބޭއްވި “ޖަޒީރާ ކެނޯ ރޭސް” ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ބުރާސްފަތި ދުވަހު ހަވީރު ވ. ތިނަދޫ އަތިރިމަތީ ސަރަޙައްދުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޒީރާ ކެނޯ ރޭހުން 1ވަނައަށް ހޮވުނު ޓީމަށް މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ. މި މުބާރާތުގައި އެއްވަނަ ހާޞިލުކޮށްފައި ވަނީ ކ. އަތޮޅުގެ ޓީމެވެ.

ޖަޒީރާ ކެނޯރޭސް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އަންހެން ޓީމުތަކުގެ ކެނޯ ރޭހެވެ. ރޭސް ފެށުމުގެ ގޮތުން ޓީމުތަކުގެ އަންހެން ބައިވެރިން ކެނޯގައި ފަލިޖަހާފައި ދަތުރުކުރީ ވ.ފެލިދުއަށެވެ. ޓީމުތަކުގެ ފިރެހެން ބައިވެރިން ފެލިދޫ ފަލިޖަހާފައި ކެނޯގައި ދަތުރުކުރީ ވ ތިނަދޫއަށެވެ.

އިއްޔެ ހަވީރު ތިނަދޫ އަތިރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ވެސް ލޯންޗްކޮށްދެއްވާފައެވެ.

 

ވ.ކެޔޮދޫގައި ރޭ ބޭއްވި ސަޤާފީ ކެއުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފިސް

އޭގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. ކެޔޮދޫގައި ރޭ ބޭއްވި “ސަޤާފީ ކެއުމާއި” ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ލަވަޔާ މިޔުޒިކްގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައްލަވާލައްވާފައެވެ.

އެ ޙަފްލާގައި ފަތުރުވެރިކަމުގެ ދުވަހާ ގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ދައްކާފައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމުގެ ޙަރަކާތެއްވެސް ރޭ ވަނީ ކުރިޔަށްގެންގޮސްފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: