ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރާއި ބައްދަލުކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރާއި ބައްދަލުކުރެއްވުން. ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާ ބެހޭގޮތުން އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރ އާއި އެކު މަޝްވަރާކޮށްފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް ހައިޑްރޮގްރާފަރ ވައިސް އެޑްމިރަލް ވިނޭ ބަދުވާރުއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައްދަލުކުރައްވައިފައެވެ.

ހައިޑްރޮގްރަފިކް ޔުނިޓެއް ޤާއިމް ކުރުމަށް މަޝްވަރާ ކުރެއްވުން. ފޮޓޯ:އެމްއެންޑީއެފް

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ހައިޑްރޮގްރަފީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ރާއްޖޭގައި ހައިޑްރޮގްރަފިކް ޔުނިޓެއް އުފެއްދުމަށް ބޭނުންވާ މީހުން ތަމްރީނުކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ހައިޑްރޮގްރަފީއަކީ މޫދާއި ކަނޑުގެ އަޑީގެ ހޯދުންތަކާއި ކަނޑުގެ ދިރުންތަކާއި ގުޅޭ މައުލޫމާތު އެއްކުރުމަށް ކުރާ ސާވޭއެކެވެ.

މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ޕުރަސާންތު ހާންޑު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: