ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 786 މީހަކަށް އެހީތެރިވެދީފައިވާނެ: ހިސާން

މިހާތަނަށް 786 މީހަކަށް ވާނީ އެހީތެރިކަން ފޯރުކޮށްދީފަ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ޙާދިސާގައި ފުރަތަމަ ދުވަހުން ފެށިގެން އެކިގޮތްގޮތުން 786 މީހަކަށް އެހީތެރިވެފައިވާ ކަމަށް ޑިޒާސްތަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ.

ސަންގަށް މައުލޫމާތުދެއްވަމުން ހިސާން ވިދާޅުވީ 26 އިމާރާތެއްގައި ދިރިއުޅެމުންދިޔަ 87 ގޭބީސީއެއްގެ 302 މީހުން ދައުލަތުން ބަލަހައްޓަމުން ގެންދާ ކަމަށެވެ. ހިސާން ވިދާޅުވީ ހާދިސާގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް ގެސްޓްހައުސްތަކުންނާއި އަމިއްލަ ފަރާތްތަކުގެ ގެތަކުގައާއި ގާކޮށީގެ 14 ފްލެޓަކުން ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މާލެއިން ބަހައްޓާނެ ތަންތަން ހަމަނުޖެހިގެން ހުޅުމާލެއަށް ބައެއް މީހުން ބަދަލުކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. މިހުރިހާ ފަރާތްތަކެއްގެ ކެއިން ބުއިމުގެ އިންތިޒާމާއި ޒަރޫރީ ބޭނުންތަކަަށް ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ޑިޒާސްތަރ މެނޭޖްމަންޓް ސެންޓަރއިން ހަމަޖައްސަމުންގެންދާ ކަމަށް ހިސާން ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ބޯހިޔާވަހިކަން ހަމަނުޖެހި މަގުމަތިވެފައި ނުހުންނާނެ ކަމަށާއި ބޯހިޔާވަހިކަން ހަމަޖައްސަންޖެހޭ އިތުރު ފަރާތްތަކެއް ހުރެއްޖެނަމަ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓިއަށް އެ މައުލޫމާތު ހިއްސާކުރުމުން އެކަން ހަމަޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

މިހާރުވެސް އެ ސަރަޙައްދުގައި ރައްކާތެރިކޮށް ހުރި ތަންތަން ވެސް އެބަހުރި ކަމަށާއި ނަމަވެސް އެތަންތަނަށް މީހުން ނުވަދެވިފައިތިބީ އެތަނުގައި ތަޅާލަންޖެހޭ އިމާރާތްތަކެއް ހުރުމާއި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަރަޙައްދުގައި އަލިފާނުގެ އަސަރު ނުކުރި ނަމަވެސް އިމާރާތްތަށް ތަޅާލާތީ އެ ސަރަޙައްދުގެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށް އެފަދަ ފަރާތްތައް ވެސް ބަލަހައްޓަމުން އަންނަ ކަމަށެވެ.

ހިސާން ވިދާޅުވީ ބިދޭސީއެއް ދިވެއްސެއް ތަފާތު ކުރުމެއްނެތި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް ބޯހިޔާވަހިކަމާއި ދޭންޖެހޭ ރައްކާތެރިކަން ދެމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: