ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓާ ހޯދަން ސައްޙަނޫން ލިޔުން ހުށަހެޅި ފަރާތްތަކުގެ ލިސްޓު އާންމުކޮށްފި

ކޯޓާ ހޯދަން ސައްޙަނޫން ލިޔުން ހުށަހެޅި ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ސައްޙަނޫން ލިޔެކިއުންތަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަމުންދާ ކަަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީއިން ވަނީ މިމަހުގެ 25 ވަނަ ދުވަހު ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ސައްޙަނޫން ލިޔެކިއުންތަށް ހުށަހަޅާފައިވާ 13 ކުންފުންޏެއްގެ ނަން އާންމުކޮށްފައެވެ. ނަމަވެސް އެ ލިސްޓުގައި ކުށެއް ހިމެނޭތީ ލިސްޓު އުވާލުމަށްފަހު އައު ލިސްޓެއްވަނީ ނެރިފައެވެ. މިނިސްޓްްރީއިން ބުނީ އެ ލިސްޓު މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ ކަަމަށެވެ.

1- ނިއު ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
2- ވެމްޒޯ ޕްރައިވެޓް ލިމިޓެޑް
3- ސަރަމީ ޕްރައިވެޓް ލިމިޓެޑް
4- ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)
5- ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)
6- ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
7- ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް
8- އުސްމާން ނައީމް (ކޮމްބައިން ބިލްޑް)
9- މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)
10- ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
11- ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް
12- ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއިން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.

މި މަސައްކަތް ކުރިއަށް ދަނީ ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ. ސަރުކާރުން މި މަސައްކަތް ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ކިއު ހަދާލިއިރު ކިއުގައި އެތަށް ސަތޭކަ މީހުންނެއް ތިބެއެވެ. 6 މަސް ދުވަސް ވަންދެން ބިދޭސީ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާރޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: