ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުވައްޒަފުން ކަނޑާލަން އުޅޭ ވާހަކަ ދޮގު ކުރީ، މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓް!

ފައިލް ފޮޓޯ: ޓްރަންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިވަގުތު އިންނެވީ ރާއްޖެއިން ބޭރުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހާޒިރީއަށް ފަރުވާ ކުޑަކަމަށް ފާހަކަ ކުރެވޭ މުވައްޒަފުންނާއިމެދު ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކެއް ކަނޑާލުމަށް މަސައްކަތް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ މުވައްޒަފުންތަކަކާއި ވެސް ސަންގުން ވަނީ ބައްދަލުވެ ވާހަކަ ދެެކެވިފައެވެ. އެގޮތުން މުވައްޒަފުން ވަނީ، އެ މުވައްޒަފުންގެ ހާޒިރީތައް ނަގާ ކުށުގެ ދަރަޖަށް ފެއްތެން އޮތް ގޮތަކުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންތަކެއް ކަނޑާލަން އުޅޭ ވާހަކަތައް ފެތުރޭތާ ދުވަސްތަކެއް ވެފައިވާއިރު، އެ ވާހަކަތައް މިނިސްޓްރީއިން ދޮގު ކުރީ މުވައްޒަފުންތަކެއް ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ލީކުވުމާއި ގުޅިގެންނެވެ. ސަންގަށް ވެސް، ކޮޕީއެއް ލިބިފައިވާ އެ ސިޓީގައި ވާގޮތުން މުވައްޒަފުން ވަކި ކުރާނެ ވާހަކަ ދެެކެވެން ފެށުމާއި އެކު އޮފީސްގެ މާހައުލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ސިޓީގައި 48 މުވައްޒަފުން ސޮއިކޮށްފައިވާއިރު ވަކި ކުރަން އުޅެނީ 11 މުވައްޒަފުން ކަމަށް މައުލޫމާތު ލިބެއެވެ.

ސިޓީ ސޯޝަލް މީޑިއާގައި ދައުރުވެ، މީޑިއާތަކުން ހަބަރު ގެނެސްދިނުމާއި އެކު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ “ކޮއްކޮ” އަދި “ޕާސަނަލް އެސިސްޓެންޓް” ޖަޒްލާން މުހައްމަދު މީޑިއާ ގްރޫޕުގައި ލިޔުއްވި މެސެޖުގައި ވިދާވީ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު ދައްކާފައިނުވާނެ ކަމަށެވެ. ނަމަވެސް ހާޒިރީއަށް ފަރުވާ ކުޑަކަމަށް ފާހަކަ ކުރެވޭ މުވައްޒަފުންނާމެދު ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ.

މުވައްޒަފުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީން މުވައްޒަފުންތަކެއް ވަކި ކުރަން ނިންމާ ލިސްޓެއް ވެސް ތައްޔާރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ސާފު ކުރަން މިހާތަނަށް އެ އޮތޯރިޓީގެ އެކި ފެންވަރުގެ ބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެކެވުނު ނަމަވެސް، އެކަމާ ގުޅޭގޮތުން މުވައްޒިފުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އެ އޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހު ކަމަށެވެ. އެކަން އެެހެން ދިމާވާ ސަބަބުތައް ވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން އިތުރު އިނާޔަތެއް ނުލިބޭ އިރު، އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުމާއި، މުވައްޒިފުން މަދުވުމުން ޗުއްޓީއާއި ސަލާމްގައި ހުންނަ ދުވަސްތަކުގައި ވެސް އޮފީހަށް ނުކުންނަންޖެހުން ފާހަގަ ކޮށްފައި ވެއެވެ. އަދި އެ މުވައްޒިފުން މިހާތަނަށް ކުރަން ޖެހުނު ބުރަ މަސައްކަތްވެސް ބަޔާންކޮށް ހާޒިރީގައި މައްސަލަ އުޅޭކަމަށް ބުނެ އިސްލާހު ކުރަން ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.

އެ އޮތޯރިޓީގައި މަސައްކަތް ކުރާ 48 މުވައްޒިފަކު ސޮއިކޮށްފައިވާ ޕެޓިޝަނަކާއެކު ހިމެނޭ ސިޓީގައި ވަނީ މުވައްޒިފުންތަކެއް އެގޮތަށް ކަނޑާލުމަށް ފުރުސަތު ނުދެއްވުމަށް އެދި ޝަކުވާތަކުގެ އަޑުއެއްސެވުމަށް ރައީސަށް ދަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: