ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް އެކްސްޕޯ ބާއްވާ ތާރީހު ފަސްކޮށްފި

މެޑިކަލް އެކްސްޕޯ ބާއްވާ ތާރީހު ފަސްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ބާއްވާ ހަމައެކަނި އެނުއަލް ހެލްތް އެގްޒިބިޝަން ‘ މޯލްޑިވްސް  މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019’ ތާރޙު ފަސްކޮށްފިއެވެ.

މި އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަހެޖިފައިވަނީ އަންނަ އޮކްޓޫބަރު 18، 19 އަދި 20 މި ތިންދުވަހު ދަރުބާރުގޭގައި ކަމަށް އެމްވީ މެޑިކަލްސް އިން ބުނެއެވެ. ކުރިން މި އެގްޒިބިޝަން ބޭއްވުމަށް ހަމަ ޖެހިފައިވަނީ މި އޮކްޓޫބަރު 3، 4 އަދި 5 ވަނަދުވަހުއެވެ.

އެގްޒިބިޝަން ބާއްވާ ދުވަސް ބަދަލު ކުރަންޖެހުނީ ރާއްޖެއާ ރާއްޖޭން ބޭރުގެ ގިނަފަރާތްތަކަކުން އެދެމުން ދިޔުމުގެ ސަބަބުންކަން އެމްވީ މެޑިކަލްސް ގެ ފަރާތުން ފާހަގަ ކުރެއްވިއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ އެގްޒިބިޝަންވެސް ބާއްވަނީ އެމްވީ މެޑިކަލްސް އާއި އިންޑިޔާގެ މެޑްލައިފް އޭޝިއާ ގުޅިގެންނެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ވެގެންދާނީ، މި އެކްސްޕޯގައި ބައިވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށްކަން އެމްވީ މެޑިކަލްސް އިން ފާހަގަކުރެއެވެ.

ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަނަށް ހުރިހާ ފަރާތްތަކަށްވެސް ވަނުން މުޅިން ހިލޭކަމަށް އެމްވީ މެޑިކަލްސް އިން މަޢުލޫމާތުދެއެވެ. މި އެގްޒިބްޝަން ވަޑައިގަންނަވާ ފަރާތްތަކަށް ސިއްހީ ދާއިރާއާއި ގުޅޭ ވަރަށްގިނަ މަޢުލޫމާތު ލިބިގެންދާނެއެވެ.  

 

މޯލްޑިވް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯ ގެ މަޤުސަދުތައް:   

* ސިއްހީ ދާއިރާއިން ލިބެންހުރި ޚިދުމަތްތަކަށް މުޖުތަމަޢު ހޭލުން ތެރިކުރުވުން

* ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން

* ދިވެހިރާއްޖެ އާއި މި ރީޖަންގައި ހިމެނޭ ޤައުމުތަކުން ލިބެންހުރި ފެންވަރުރަނގަޅު ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއިއެކު ހޯދޭނެ ގޮތަތަކަށް މުޖުތަމަޢު  އަހުލުވެރިކުރުވުން.

* ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއި އެކު ދެނެގަތުމަށް އެހީތެރިވެދިނުން

އެމްވީ މެޑިކަލްސްއިން ބުނީ ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ޚިދުމަތެއް ދޭ ފަރާތަކަށް ވެސް މި އެކްސްޕޯގައި ބައިވެރި ވެވޭނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ކްލިނިކްތައް، މެޑިކަލް ލެބްސް، ފާމަސީ، ފާމަސޫޓިކަލްސް، ހެލްތް އިންޝުއަރެންސް، ބިއުޓީކެއާ، އޮޕްޓިކަލްސް، މެޑިކަލް އިންފޮމޭޝަން ޓެކްނޮލަޖީ، ޓްރޭޑިޝަނަލް މެޑިސިން އަދި ސްޕާ، މެޑިކަލް ޓުއަރިސަމް ފެސިލިޓޭޓާސް އަދި ފިޓްނަސް ސެންޓަރުތަކަށް އެކްސްޕޯގައި ބައިވެރި ވެވޭނެއެވެ.

 

މޯލްޑިވް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019 ގައި ބައިވެރިވާން ބޭނުންވާ ފަރާތްކުން jaleel@mvmedicals.com އަށް އީމެއިލުކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދުދޭނެ ކަމަށް އެމްވީ މެޑިކަލްސްއިން މަޢުލޫމާތުދެއެވެ. އެކްސްޕޯއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 7694749 އަށްކަމަށްވެސް އެމްވީ މެޑިކަލްސް އިން ބުނެއެވެ.   

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: