ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ޤައުމުތަކެއްގެ ވެރިންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ ޔޫއެން އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގެ ހަވާސާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީ އިން ބުނީ ބުދަ ދުވަހު އެމަނިކުފާނު ވަނީ ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސްއާއި، ފިޖީގެ ޚާރިޖީ އަދި ދިފާޢީ ވަޒީރު އިނިއާ ސެރުއިރަތޫއާއި، އަޔަލެންޑްގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ސިއަރަން ކެނަންއާއި، މޯލްޓާގެ ޚާރިޖީ ވަޒީރު ކާމެލޯ އަބޭލާ އާއި، ބައްދަލުކުރައްވާފައި ކަމަށެވެ.

އެގޮތުން، އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދގެ އާއްމު މަޖިލީހުގައި ތަޤްރީރްކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރިނީއާއި، ނޯވޭގެ ޚާރިޖީ ވަޒީރު ޑަގް އިންގެ އުލްސްޓައިންއާއިވެސް ބައްދަލުކުރައްވާފައެވެ.

ހަމައެއާއިއެކު ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީއާއި އެޤައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އަލްއަމީން ސުއެފްއާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝެރިންގްއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕެއިން، ސައޫދީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް ޖުބެއިރް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން، އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އަދި އެޤައުމުގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާއި މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: