ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ޤާނޫނުގެ ތެރެއަށް ވެއްދުމަށް ލުއި ގޮތްތަކެއް ހަމަޖައްސާނަން: ފައްޔާޒު

ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ބިދޭސީން މިނިސްޓްރީ ތެރޭގައި ކިއު ހަދައިގެން. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ ބިދޭސީންތަކެއް ކިއުގައި ހުންނަންޖެހޭ ޖެހުމަށް ހައްލެއް ހޯއްދަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއިން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ދަނީ ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ.

ސަރުކާރުން މި މަސައްކަތް ފެށުމާއެކު ގިނަ އަދަދެއްގެ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ކިއު ހަދާލިއިރު ކިއުގައި އެތަށް ސަތޭކަ މީހުންނެއް ތިބެއެވެ. އަދި ވާރޭޔާތެމިގެންނާއި އަވީގައި ބިދޭސީން ޤާނޫނުގެ ތެރެއަށް ވަނުމަށް ކިއުގައި ތިބި ބައެއް ފޮޓޯތަށް، މިނިސްޓަރ ފައްޔާޒު ޓެގު ކުރައްވާ މީސްމީޑިއާގައި އާންމުކޯށްފައިވާއިރު ބިދޭސީންނަށް މިއައްވުރެ ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ފައްޔާޒު ކުރެއްވި ޓުވީޓެއްގަިއި ވިދާޅުވީ ރެގުލަރައިޒް ވުމަށް ބިދޭސީންނަށް ފަސޭހަ ގޮތްތަކެއް ހޯއްދަވާނެ ކަމަށެވެ. 6 މަސް ދުވަސް ވަންދެން ބިދޭސީ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާރޑު ދޫކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެހެން ކަމުން އެކަމުގައި އަވަސް އަރުވާލައިގެން ނޫޅުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

 

https://twitter.com/faya_i/status/1176944999788732416

މިހާރުގެ ހާލަތު ހުރިގޮތުން 100-150 އަށް ވުރެ ގިނަ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ކެޕޭސިޓީ ނެއްކަމަށް ވިދާޅުވިއެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގައި މިހާރު ތިން ލައްކައަށް ވިރެ ގިނަ ބިދޭސީން އެބަ އުޅެއެވެ. އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނައެވެ.
ބިދޭސީންގެ މައްސަލަ އެއް އަހަރުތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވާިއރު އެ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: