ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތަށް ޑރ ޖަމީލްގެ ފާޑުވިދާޅުވުން!

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ ބުރަ މަސައކަތްތަކެއް ކުރަމުން : ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ހައްލު ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ. 

ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރަން “ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް” ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެ ޓާސްކް ފޯސް އިން އެޅި އެއް ފިޔަވަޅަކީ ބަންގްލަދޭޝް އިން ލޭބަރުން ގެނައުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރީވާން ވަނީ ފުރުސަތު ދީފަ އެވެ.

ސަރުކާރުން ބިދޭސީންގެ މައްސަލަ ހައލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ފާޑުވިދާޅުވެ ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި މަސައްކަތުގައި އޮތީ ބޮޑެތި ކުއްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ފިލަން ފުރުސަތު ދިނުން ކަމަށެވެ. އަދި މި މަސއްކަތަކީ ބަޔަކަށް ފައިސާ ހޯދަން ހުޅުވައިދިން ދޮރެއްތޯ ވިދާޅުވެ ޑރ ޖަމީލް ވަނީ ސުވާލު އުފަްދަވާފައެވެ. އަދި ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ސަބަބުން ބިދޭސީޏް ރާއްޖެއަށް ގެންނަ އެޖެންސީތައް އުފަކުން ފޮޅިފައިވާ ކަމަށެވެ. ޑރ ޖަމީލް ވަނީ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމާއި ބިދޭސީންމަދުކުރެވޭނެ ކަމާއިމެދު ދުވާލު އުފައްފަވާފައެވެ. 

https://twitter.com/MJameelAhmed/status/1177088339859533824

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ތަންފީޒް ކުރަން ފެށި އުސޫލާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެފައި ވަނީ ބިދޭސީންގެ މައްސަލައަކީ ހައްލު ކުރަން އުނދަގޫ މައްސަލައެއް ކަމަށާއި ނަމަވެސް އެއް އަހަރުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފެށި މަސައްކަތްތަކީ އުނދަގޫ މަސައްކަތްތަކެއް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ ޕްރޮގްރާމަކީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން އެއް އަހަރަށް ބަންގްލަދޭޝްއިން ލޭބަރުން ގެނައުން މަނާކޮށްފަ އެވެ. އަދި، މިހާރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެއް އަހަރު ދުވަހަށްފަހު އަލުން ހުއްދަ ހުޅުވާލާއިރު ބިދޭސީން ގެނައުމުގައި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކޯޓާއަށް އެދި މީހުން ގެންނައިރު އެމީހުން ގެނެސް ބައިތިއްބާނެ ތަނެއް ދައްކަން ޖެހޭނެ ކަމަށެވެ.

އޭގެއިތުރުން ވަގަށް އެތެރެވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގައި އިމިގްރޭޝަން ފަދަ ތަންތަން ވެސް ޝާމިލުވާ ގޮތަށް ނެޓްވޯކެއް އޮންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސް ސޯލިހު ވަނީ “ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް” ގެ ނަމުގައި ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފައްދަވާފަ އެވެ.

އެ ޓާސްކްފޯހުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ލީޑް ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޔޫސުފް ވަނީ އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ގުޅޭ ގޮތުން އިކޮނަމިކް މިނިސްޓަރ ފަްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ އެއް އަހަރުގެ ތެތޭގައި ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ ހައްލު ކުރުން ކަމަށާއި އެކަމުގައި ސަރުކާރުގައި ހެޔޮ ނިޔަތް ވެސް އެބައޮތް ކަަމަށެވެ. އެ މަސައްކަތް ފެއިލް ވެއްޖެނަމަ ދެން ކަންކުރައްވާނީ ކިހިނެތްތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާއި އެކަން ނުކުރެވިއްޖެނަމަ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: