ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެންމެ އިސްކަމެއްދެނީ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން: ނައިބު ރައީސް

ނައިބު ރައިސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން...ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މިވަގުތު އެންމެ އިސްކަމެއްް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ނުރައްކާތެރި ޒާތްޒާތުގެ އެއްޗެހި ރައްކާ ކުރާ ގުދަންތައް ތިލަފުއްޓައް ބަދަލުކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށް ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެފަދައިން ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު ހ.ތިލަފުށިގޭގެ ކެމިކަލް ގުދަނުގައި ރޯވެގެން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ހާލަތު ބައްލަވައިލުމަށް އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި އެމްއެންޑީއެފް އަދި ފުލުހުންގެ އިސް ބޭފުޅުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފާނުހެ ހަދިސާ ހިނގި ސަރަހައްދު.. ފޮޓޯ:ސަންގު

އެގޮތުން ނައިބު ރައީސް ވަނީ އެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން މުޅި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އެމަނިކުފާނު އެ ސަރަހައްދުގައި ތިބި އެމްއެންޑީއެފްގެ ބެފުޅުންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވިސްނަވަންވީ ކުރިއަށް އޮންނެވި ދުވަސްތަކުގައި އާއްމު ރައްޔިތުން އުޅޭ ސަރައްހަދުތަކުގައި އެފަދަ ކާރިސާއެއް ނުހިނގާނެ ގޮތަށް ދިރިއުޅުން ބައްޓަންކުރައްވާ ރާއްވަވަން ކަމަށެވެ.

އެމަނިކުފާނު އުންމީދު ކުރައްވަނީ އެފަދަ ކުދިކުދި ކަންކަން ކުރީބައިގަ ރަނގަޅު ކުރައްވާ، އެއްވެސް ކަަމަކީ އެއްކަމެއް ހިނގުމުން އެކަމުން ފިލާވަޅު ލިބިގަންނަ ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރި ވާނެ ކަން ކަމަށް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެ ހިތްދަތި ދަނޑިވަޅުގައި އާއްމު ރައްޔިތުން ކިބައިން ފެނިގެންދިޔައީ އެކުވެރިކަމާއި ހިތްހެޔޮކަމާއި އަދި އެއްބައިވަންތަކަމުގެ ރީތި މިސާލެއް ކަމަށެވެ.

އަލިފާނުހެ ހަދިސާ ހިނގި ސަރަހައްދު.. ފޮޓޯ:ސަންގު

ނައިބު ރައީސް ވަނީ އެ ހާދިސާ ހިނގުމުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރެއްވުމަށްޓަކައި އެމްއެންޑީއެފް އަދި ފުލުހުން ކުރެއްވި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އިތުރުން ބައެއް ވަޒީރުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް، އެ ތަނުގެ ހާލަތު ބައްލަވާލައްވަފައެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:28 ހާއިރު، ހ.ތިލަފުށިގޭގައި ހުންނަ ކެމިކަލް ގުނދަނުގައި ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަނީ 500 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހި އެކަކު ނިޔަވެފައެވެ. އަދި އެ އަލިފަނުގެ ހާދިސާގައި ވަނީ މީހުން ދިރިއުޅޭ 6 އިމާރާތަކާއި ހަތަރު ގުދަނެއްގައި ރޯވެ ތިން އިމާރާތެއް އެއްކޮށް އަނދައި ހުލިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: