ކުއްލި ޚަބަރު

އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން: ޗީފް އޮފް ޑިފެންސް ފޯރސް

ފޮޓޯ: މިހާރު އޮންލައިން/ ހުސެއިން ވަހީދު --- އަލިފާން ނިއްވުމަށް ހަރަކާތްތެރިވީ ކޮންމެ މީހަކަށް ޝުކުރު ހައްގު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއް ގޮވާ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުންގެ މަސައްކަތާއި ހިތްވަރަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފިއެވެ.

ހ.ތިލަފުށި ގޭގައި ހިންގި ކެމިކަލް ގުދަނެއްގައި ރޯވެ، މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 500 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ހާދިސާގައި، ހަ ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

އަލިފާނުގެ އެ ހާދިސާއާއި ގުޅިގެން ސިފައިންގެ އޮޕަރޭޝަން ކުރިއަށްދިޔަ ގޮތުގެ ތަފުސީލް ހިމަނައި އެމްއެންޑީއެފްގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ، އެ ރޭ ފަޔާފައިޓަރުން ދެއްކި ހިތްވަރަށް ޝުކުރުވެރިވުން ހައްގު ކަމަށެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި އަލިފާން ނިއްވައި، ގެތަކުން މީހުން ސަލާމަތް ކުރުމަށް ސިފައިން ހަރަކާތްތެރިވީ އަމިއްލަ ފުރާނައަށް ވުރެވެސް އިސްކަން ދީގެންނެވެ.

އަލިފާނުގެ ހާދިސާ ހިނގާ، އަލިފާން ނިއްވުމަށް އެ ހޭދަވެގެން ދިޔަ އަށް ގަޑިއިރު ސިފައިން ކުރި ބުރަ މަސައްކަތް ވަރަށް ގާތުން ފެނުނު ކަމަށާއި އެއީ ކުރަން އުނދަގޫ އަދި ގޮންޖެހުން ބޮޑު މަސައްކަތެއްގެ ގޮތުގައި ޝަމާލް ވަނީ ފާހަގަކުރައްވާފައެވެ. އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިގެން ދިޔަ ވަގުތު ބައެއް ގެތަކުގައި އައިލާތައް ތާށިވެފައި ތިބިކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ ހަރުގަނޑެއް ގެނެސް އިމާރާތައް އެރުމަށް ވަގުތު ދާނެތީ ފަޔާ ފައިޓަރުންގެ ޓީމުތައް ގެތަކަށް ވަދެފައިވަނީ އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން، ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއިން ކަމަށެވެ.

https://www.youtube.com/watch?v=325WXKt0oJo

"މިހެން ވަތް 18 ފަހަރު. އެއް ފަހަރު އަލިފާންގަނޑާއި ދުންތަކުގެ ތެރެއިން ކުޑަކުއްޖަކު ގޮވައިގެން ނިކުތް ފަޔާފައިޓަރަކު، އެ ކުއްޖާ ހަވާލު ކުރުމަށްފަހު ކޮލެޕްސް ވި. އެހެންވެ، ފަޔާފައިޓަރުން އެރޭ ދެއްކި ހިތްވަރަށް އަޅުގަނޑު އެ މީހުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން" ޝަމާލް ވިދާޅުވި އެވެ.

އަލިފާން ހިފި ގެއެއްގެ ތިން ވަނަ ބުރީގައި ތާށިވެފައި ތިބި ދެމައިން ސަލާމަތް ކުރުމަށް ފަޔާފައިޓަރުން ކުރި މަސައްކަތް ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ، ސިފައިން ފްލޯއަށް ވަދެގަތް ވަގުތު އެންމެ ބޮޑަށް އަލިފާން ހިފާފައި ހުރީ އެގޭގެ ސިޓިން ރޫމްގައިކަމަށެެވެ.

"ސިޓިންރޫމުގައި ހިފާފައި ހުރި ހުޅުގަނޑު ގޭގެ ކުޑަދޮރުން ބޭރަށް ވެސް ފެންނަން ހުރި. އެކަމަކު ހަމަ އެ ވަގުތު އެ ތަނަށް ވަދެގެން އެ މީހުން ސަލާމަތް ކުރީ،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އަލިފާން ނިއްވަން ސިފައިން މަސައްކަތް ކުރި އިރު، ބައެއް ގެތަކުގެ މަތީ ބުރިތަކުގައި ވަރަށް ބޮޑަށް ރޯވެ، ހުޅު ހިފާފައި ހުރި އޭސީ އާއި ކުޑަދޮރު ފަދަ ތަކެތި ވިރިގެންނާއި، ހަލާކުވެގެން ތިރިއަށް ފައިބަފައިބާ ހުރި ކަމަށެވެ. އެއީ ފަޔާ ފައިޓަރުންނާއި ކުރިމަތިވީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ޝަމާލް ވިދާޅުވިއެވެ. ގުދަން ގޮވާ އަލިފާންގަނޑު ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް ސިފައިނަށް އެ ސަރަހައްދަށް ދެވުނު ނަމަވެސް، މަގުތައް ހަނިވެފައި ޕާކުކޮށްފައި ހުރި އުޅަނދުތައް ގިނަވުމުގެ ސަބަބުން އަލިފާން ނިއްވާ ލޮރީއަށް އެ ގޯޅިއަށް ވަނުމަށް ދަތިވިކަން ޝަމާލް ފާހަގަކުރެއްވިއެވެ.

ގޯޅިތައް ހަނިވެފައި، އެ މަގުތަކުގައި ވެހިކަލްތައް ޕާކުކޮށްފައި ހުރުމުން މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު އަލިފާން ނިއްވުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް އުނދަގޫތަކެއް ވާކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ. އެރޭ އަލިފާން ނިއްވުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމުން ވެސް ވަރަށް ބުރަ މަސައްކަތެއް ކުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަލިފާން ހިފި ގުދަނުގައި ރޯވި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ އެކު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ކެމިކަލް ގުދަންކުރުން މަނާކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ގަވާއިދެއް ގެޒެޓްކޮށްފައެވެ. އެ ގަވާއިދުގައިވާ ގޮތުން މާލޭގައި މިހާރު ހުރި ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ބަދަލު ކުރަން ޖެހެއެވެ.

އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި 500 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން އެ އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: