ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ޖަލަށް މިނިސްޓަރ އިމްރާން ޒިޔާރާތް ކުރެއްވީ ހާލަތު ދެނެގަތުމަށް: މިނިސްޓްރީ

ހޯމް މިނިސްޓަރ އިމްރާން މާލެ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީއަކާ ވާހަކަދައްކަވަނީ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ޖަލުގެ ހާލަތު ދެނެގަތުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިޚް އިމްރާން އަބްދުﷲ ޒިޔާރާތްކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީއިން ބުނީ މިނިސްޓަރ އިމްރާން އެތަނަށް ވަޑައިގަތީ، ތަނުގެ ހާލަތު މިވަގުތު އޮތް ގޮތް ދެނެވަޑައިގަތުމުގެ ބޭނުމުގައި ކަމަށެވެ.

އެމަނިކުފާނު ވަނީ ޖަލުގައި މިވަގުތު ބަންދުކުރެވިފައި ތިބި ގައިދީންގެ ހާލުވެސް ބައްލަވާފައެވެ.

އިމްރާން މާލެ ޖަލަަށް ޒިޔާރާތް ކުރައްވާފައި މިވަނީ 48 ގަޑިއިރު ތެރޭ އެތަން ބަންދު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަރެކްޝަނަލް ސާވިސް އަށް އަމުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

 

މިނިސްޓަރ އިމްރާން އަދި ކަރެކްޝަންސްގެ ބޭފުޅުން މާލެ ޖަލުގައި: ފޮޓޯ ހޯމް މިނިސްޓްރީ

އެޗްއާރްސީއެމް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރުގެ އޭޕްރިލް މަހު އެ ޖަލު ބަންދު ކުރަން އެންގި އިރަށްވުރެ މިހާރު އެތަނުގެ ހާލަތު ދަށްވެފައިވާކަމަށެވެ.

އެގޮތުން އެ ތަނުގެ ތެރޭގައި ބާވެފައިވާ ދަނގަޑާއި، ކުދި ހިލަ ގޯންޏާއި، ވެލި ގޯންޏާއި، އަދި ގޮޅިތަކުގައި ހިރަފުސް ބޯވެފައި ހުރުމާއި، ގޮޅިތައް ސާފްތާހިރު ނޫންކަން ފާހަގަކުރެވިފައިވާކަމަށް އެޗްއާރްސީއެމް އިން ބުނެފައިވެއެވެ.

އެ މުއައްސަސާއިން ބުނީ، މިއަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު އެ ޖަލު ބަންދު ކުރުމަށް ކަރެކްޝަނަލް ސާރވިސް އަށް އަންގައިފައިވާނެކަމަށާއި ނަމަވެސް އެޖަލު ބަންދުކުރިކަމަށް ކަރެކްޝަނުން ދީފައިވަނީ ދޮގު މައުލޫމާތު ކަމަށެވެ.

އެޗްއާރުސީއެމް ގެ ފަރާތުން ޖަލަށް ޒިޔާރަތް ކުރިއިރު އެތަނުގައި އަދިވެސް 25 ގައިދީއަކު ތިބިކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

އެ މުައައްސަސާއިން ވަނީ އިއްޔެއިން ފެށިގެން 48 ގަޑިއިރު ތެރޭ އެތަނުގައި ތިބި ގައިދީން ރައްކާތެރި ހިސާބަކަށް ބަދަލުކޮށް އެވަގުތުގެ ތެރޭގައި ރިމާންޑް ޖަލު ބަންދުކުރުމަށް ހިއުމަން ރައިޓްސް ގާނޫނުގެ 26 ވަނަ މާއްދާގެ ހ ގެ ދަށުން އަންގައި އަމުރުކޮށްފައެވެ. 

މާލޭ ޖަލުގެ ހާލަތު އިންތިހާ ދަރަޖަޔަށް ގޯސްކަމަށް ގައިދީންނާއި ހަވާލާދީ ގިނަ ފަރާތްތަކުންދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: