ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން ވިސްނަނީ ނޭފަތުކުރިއާ ހަމަޔަށް: ޑރ.މުއިއްޒު

ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ސަންގު ޓީވީއަށް އިންޓަވިއު ދެއްވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަންކަން ޕްލޭން ކުރާއިރު ވިސްނުން ގެންގުޅެނީ ނޭފަތުގެ ކުރިއާ ހަމަޔަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިމަހުގެ 20 ވަނަ ދުވަހު ހ.ތިލަފުށިގޭގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވެ އިތުރު 3 ގުދަނާއި 6 އިމާރާތް އަނދާ ހުލިވެ އެކަކު މަރުވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ސަރުކާރުން ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކޮށް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމުމާއި ގުޅިގެން މުއިއްޒު ވިދާޅުވީ މާދަމާވެސް ލަކުޑި ގުދަނެއްގައި ރޯވެއްޖެނަމަ ސަރުކާރުން ދެން ދައްކާނީ އެފަދަ ގުދަންތައް ބަދަލުކުރާ ވާހަކައެވެ.

އޭނާ ވިދާޅުވީ އެއައްވުރެ ދުރަށް ވިޝަނަރީ ވިސްނުމަކުން ވިސްނުމުގެ އެއްވެސް ގާބިލްކަމެއް ސަރުކާރުގެ ނެތް ކަމަށެވެ. މާލެއަކީ ދޮޅު ލައްކައެއްހާ މީހުން ދިރިއުޅޭ ތަނަކަށް ވެފައި ކޮންމެ ދުވެހެއްގެ ބޭނުމަށް ބޭނުންވާ އެހެން ނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރެގެން ނުވާނެ ތަން ތަން ހުރިކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަން މުއިއްޒު ފާގަކުރެއްވިއެވެ. އެހެން ކަމުން އާންމުންނަށް އެތަކެތި ފަސޭހައިން ހެޔޮ އަގުގައި ލިބޭ އެހެން ނަމަވެސް މީހުން ދިރިނޫޅޭ ސަރަހައްދެއްގައި މިފަދަ ތަކެތި ލިބޭނެގޮތަށް ހުންނަ ގުދަންތަކެއް ހެދުމަށް ބިމެއް އޮންނަންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.  

“މިބެފުޅުންގެ މިސާލަކީ ނޭފަތު ކުރިޔާ ހަމައަށް އެކަނި މި ވިސްނަނީ. މިހާރު އެވިދާޅުވަނީ ކެމިކަލް ގުދަންތައް އެބަޖެހެޔޭ ބަދަލުކުރަން. އެއީ މިފަހަރު ރޯވީ ކެމިކަލް ގުދަނެއްގައި. މާދަމާ.. އިރާދުކުރެއްވިއްޔާ އެކަހަލަ ކަމެއް ނުވާނެ. މިސާލަކަށް މީ.. ލަކުޑި ގުދަނެއްގައި ނޫނިއްޔާ ކާޕެންޓްރީއެއްގައި ރޯވީ އޯ. އެހެންވެއްޖިއްޔާ ދެން ދައްކާނީ އެވާހަކައޭ. އެއަށްވުރެ ދުރަށް ވިޝަނަރީ ވިސްނުމަކުންނެއް ވިސްނުމުގެ އެއްވެސް ގާބިލްކަމެއް ނެތް މިބޭފުޅުންގެ.” މުއިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މިކަމުގެ ހައްލެއްގެ ގޮތުން މާލޭގައި ޚާއްސަ ސިނާއީ ސަރަހައްދެއް ކަނޑައެޅިފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މި އިންޑަސްޓްރިއަލް ޒޯނުގެ ބޭނުމާއި އެކަން ކުރެވުނު ގޮތުގެ ތަފްސީލް މިހާރުގެ ޕްލޭނިންގެ މިނިސްޓަރ މުހައްމަދު އަސްލަމްގެ އަތްޕުޅުގައި އޮންނަންޖެހޭނެ ކަމަށެވެ. އެ މަސައްކަތުގައި އެނާއާއި އެއްކޮށް މަސައްކަތްކުރި ސިވިލް ސަރވިސް ޓީމް އަދިވެސް ތިބީ އެމިނިސްޓްރީގައިކަން ފާހަކުރައްވައި މުއިއްޒު ވިދާޅުވީ އެހުރިހާ މައުލޫމާތުތަކެއް މިނިސްޓްރީގައި ހުންނާނެކަމަށެވެ.

“މި އިންޑަސްޓްރިއަލް ޒޯން ނޫނީ އިންޑަސްޓްރިއަލް ވިލެޖްގެ ބޭނުމާއި އެކަން ކުރެވުނުގޮތާއި އޭގެ ހުރިހާ ތަފްސީލެއް ހަމަ އެބޭފުޅާއަށްވެސް އެނގިވަޑައިގަންނަވާނެ. މިދަންނަވާ ވާހަކައަކީ މިކަމުގަ އަޅުގަނޑާއި އެކީގައި މަސައްކަތްކުރި މީ.. ސިވިލް ސަރވިސް ޓީމް އެއޮތީ އެތަނުގައި. އެބޭފުޅާ އަތްޕުޅުގައި ހުންނާނެ މިހާރުވެސް އެމައުލޫމާތެއް އިނގޭތޯ.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެފަދަ ސިނާއީ ސަރަހައްދެއް ހެދީ ކުރާނެ ކަމެއް ނެތިގެން ނޫންކަމަށާއި ރައީށް ޔާމީން އެކަން ކުރެއްވީ ދުރުވިސްނޭ ސިޔާސަތެއްގެ ދަށުން ކަމަށެވެ. އެގޮތުގެ މަތިން މީހުން ދިރިނޫޅުނު ނަމަވެސް ފަސޭހައިން މުދާ ލިބޭނެ ސަރަހައްދެއް އޮތުމަކީ މުހިންމުކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

https://www.facebook.com/SanguTelevision/videos/511666176330487/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: