ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

30 މިލިޔަން ޑޮލަރުގެ ގެއްލުމުގެ ބަދަލެއް ހޯދަން މެލޭޝިއާ ކުންފުންޏަކުން ދިވެހި ސަރުކާރާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި

ހުޅުމާލޭގައި އަޅަން ނިންމި 25 ބުރީގެ އޮފީސް އިމާރާތުގެ ޑިޒައިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ރައީސް އަބްދުﷲ  ޔާމީންގެ ސަރުކާރުން ހަވާލުކުރި މެލޭޝިޔާގެ ކުންފުނިން ކުރި މަސައްކަތުގެ އަގު ދިވެހި ސަރުކާރުން ނުދިނުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 30 މިލިޔަން ޑޮލަރު ހޯދަން މެލޭޝިޔާގެ ކުންފުނިން މައްސަލަ އާބީޓްރޭޝަންއަށް ހުށަހަޅައިފިއެވެ. 

ޑަބްލިއު ޒެޑް އާރު ޕްރޮޕަޓީ ސެންދްރިއަން ބަރްހާދު ގްރޫޕުން، އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ ހޯމަ ދުވަހު ހުށަހެޅީ އެ ކުންފުނިން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ސަރުކާރުން ފައިސާ ދީފައިނުވާތީ އާއި އެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް އިބްރާހިމް މުހައްމަދުގެ ސާލީޙްގެ  ސަރުކާރުން ނިންމާފައި ވާތީ އެވެ.

މެލޭޝިއާގެ ބައެއް ނޫސްތަކަށް ރިޕޯޓް ކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް 123 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް  ރައީސް ޔާމީންގެ ސަރުކާރުން އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި މަޝްރޫއު ހަވާލު ކުރިކަމުގެ އެއްބަސްވުމުގައި އެ އަހަރުގެ މާޗު މަހު ފިނޭންސް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާކަމަށް މެލޭޝިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. 

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް ސާލިޙްގެ ސަރުކާރުން  ވެރިކަމާ ހަވާލުވިފަހުން އެ ޕްރޮޖެކްޓް ވަނީ ހުއްޓިފައެވެ. ސަރުކާރުގެ ޖަވާބެއް ހޯދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ވިސާމް އަލީ އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައިގެންނާއި ސިޓީ ފޮނުވައިގެން ވެސް ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށް ކުންފުންޏާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

މީގެއިތުރުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހެޅުމުން ޖަވާބެއް ނުދެއްވި ކަމަށް ވެސް މެލޭޝިޔާގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. 

މެލޭޝިޔާގެ ކުންފުންޏާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސްފިނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި މިހާރު ހޯދަން ހުށަހަޅާފައިވާ 30 މިލިޔަން ޑޮލަރުގެ އިތުރުން އިތުރު 30 މިލިޔަން ޑޮލަރު ހޯދަން މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

މެލޭޝިޔާގެ ކުންފުނި އޭޝިޔަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެ މައްސަލަ ހުށަހަޅާފައިވާތީ އެކަމާ ގުޅޭ ގޮތުން ސަންގުން ސުވާލު ކުރުމުން އެޓާނީ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެލޭޝިޔާގެ ކުންފުނިން މައްސަލަ ހުށަހަޅާފައިވާ ކަމުގެ ނޯޓިސްއެއް އަދި ދިވެހި ސަރުކާރަށް ނުވަތަ އެޓާނީ ޖެނަރަލްއަށް ލިބިފައި ނުވާ ކަމަށާއި މައްސަލައިގެ ނޯޓިސް ލިބުމުން ތަފްސީލް ހާމަކުރާނެ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: