ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ހައިލަމް ރައީސް ޔާމީންގެ ވަކީލަށް: ބަޔާން ކިޔުއްވާ ގޮތުން ޚުތުބާއެއް ހެން ހީވަނީ، ނުވަތަ ޑްރާމާއެއް ކުޅުއްވާހެންވެސް ހީވޭ!

މިއަދުގެ އަޑުއެހުމުގައި އާސިފް އަދި ހައިލަމް: ހުލާސާ ބަޔާން ހުށަހެޅުއްވި ގޮތުން ހައިލަމް ވަނީ އާސިފަށް ނަސޭހަތްތެރި ވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި، ރައީސް ޔާމިންގެ ވަކީލު އާދަމް އާސިފް ގެންގުޅުއްވި ރާގުގެ ގޮތުން، އެއީ ޚުތުބާއެއްތޯ ނުވަތަ ޑްރާމާއެއްތޯ ސުވާލު ކުރައްވާ އެގޮތަށް ޝަރީއަތުގެ މަޖިލީހުގައި ކަންތައް ނުކުރެއްވުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް އިސްގާޒީ އަހުމަދު ހައިލަމް އަންގަވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑިރިންގެ ދައުވާގެ ޝަރީއަތުގެ ފަސް ވަނަ އަޑުއެހުން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ.

އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލް އާދަމް އާސިފް ބަޔާން ހުށަހެޅުއްވި އިރު ގެންގުޅުއްވި ރާގުގެ ގޮތުން، ޚުތުބާއެއް ދެއްވަނީހެންވެސް ބައެއް ފަހަރު ހީވާ ކަމަށް ވިދާޅުވެ އެ ރާގު ބަދަލުކުރެއްވުމަށް އިސް ގާޒީ އަހްމަދު ހައިލަމް އެންގެވިއެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި ގުޅޭގޮތުން އެންމެ ފުރަތަމަ ބާޔާން އިއްވާފައިވަނީ ވަކީލްގެ ޓީމްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހުއެވެ. ނަމަވެސް، ބަޔާން ދިގުކަމުން ވަކި ހިސާބަކުން ޚުލާސާ ބަޔާން އިއްވުމަށް އާސިފްއާއި ހަވާލު ކުރެއްވުމުން އޭނާ ބަޔާން އިއްވަމުންދިޔައީ އަޑާއި ރާގު ބަދަލުކޮށްގެންނެވެ. ޚުތުބާ ކިޔާ ރާގާއި އެއް ރާގަކަށް ބާޔާން ކިޔުއްވަމުން ގެންދަވަނިކޮށް ގާޒީ ހައިލަމް ވަނީ  އެކަން ހުއްޓުވާ ވަކި ރާގަކަށް ބަޔާން އިއްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

“ވަކީލު، ތަންކޮޅެއް ރަނގަޅަށް ހަމަ ބަޔާން ވިދާޅުވެދެއްވާ. ވަކީލަކީ އަލަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެއް ނޫން ތޯ. ޚުތުބާއެއް ވިދާޅުވަނީ އެއް ނޫނެއް ނޫންތޯ. ވަކީލު އަލީ ޝާހުވެސް އަދި ދައުލަތުގެ ވަކީލުންވެސް ބަޔާން އެ ހުށަހެޅުއްވީ. ވަކީލަކީ އަލަށް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން.” ހައިލަމް ވިދާޅުވިއެވެ.

މާފަށް އެދިވަޑައިގަތުމަށްފަހު، ރައީސް ޔާމީންގެ ވަކީލް ވިދާޅުވީ އެއީ އޭނާގެ އަޑުގެ ސަބަބުން ހީވާ ހީވުމެއް ކަމަށެވެ. ނަމަވެސް، ގާޒީ ވަނީ އެއީ އަޑުގެ ކަމެއް ނޫން ކަމަށާއި، އާސިފަކީ އަލަށް ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޝަރީއަތެއްގެ މަޖިލީހުގައި ޚުލާސާ ބަޔާން އިއްވާ އެއީ ފުރަތަމަ ފަހަރު ނޫންކަން ވެސް ހައިލަމް ފާހަގަކުރެއްވިއެވެ. ދެވަނަ ފަހަރަށް މާފަށް އެދިވަޑައިގަތުމަށްފަހު، އާސިފް ވިދާޅުވީ “ތަންކޮޅެއް އަޑު ދަށް” ކުރުމަށްފަހު ބަޔާން އިއްވަމުން ގެންދަވާނެ ކަމަށެވެ. ނަމަވެސް، ގާޒީ ހައިލަމް ވަނީ އޭނާ އެއްގޮތަކަށް ވެސް ފާހަގަކުރަނީ އަޑުގެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ އެހެން ބޭފުޅަކުވެސް ބަޔާން އިއްވި ކަމަށާއި، އަދި ދައުލަތުގެ ވަކީލްވެސް ބަޔާން އިއްވިއިރު އެފަދަ ކަމެއް ނެތްކަމަށް ހައިލަމް ވިދާޅުވިއެވެ. ހައިލަމް ވަނީ ބައެއް ފަހަރަށް ހުތުބާއެއް ވިދާޅުވާހެން ވެސް ހީވާކަމަށެވެ. އަދި ބައެއް ފަހަރަށް އާސިފް އެ ކުޅުއްވަނީ ޑްރާމާއެއްހެން ހީވާކަމަށްވެސް އިސް ގާޒީ ވިދާޅުވިއެވެ. އެހެން ކަމުން، ޚުލާސާ ބަޔާން ރީއްޗަށް ވިދާޅުވުމަށް ހައިލަމް އާސިފްއަށް ވަނީ އިލްތިމާސް ކުރައްވާފައެެވެ.

“އަޑެއްގެ ވާހަކައެއް ނޫން ޝަރީއަތުން މި ދެންނެވީކީއެއް. ރާގުވެސް ތި ގެންގުޅުއްވާ ގޮތުން ޚުތުބާއެއް ވިދާޅުވަނީހެންވެސް އެބަ ހީވެ. ޑްރާމާއެއް ކުޅުއްވަނީހެންވެސް ހީވޭ. އެހެން ވީމަ، އެހެން ނަހައްދަވާ” ހައިލަމް ވިދާޅުވިއެވެ.

ގާޒީ މިގޮތަށް ވިދާޅުވުމުން އާސިފް ވަނީ މާފަށް އެދިވަޑައިގެން، އަނެއްކާވެސް ހަމަ އެ ރާގުގައި ބަޔާން ކުރިޔަށް ގެންދަވާފައެވެ. މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް އާސިފް ވާހަކަ ދެއްކެވި އިރު، މައްސަލައިގެ ބޭރުން އެކި ވާހަކަތައް ދައްކަވައި، މަޒާޖީ ގޮތަކަށް ވާހަކަ ދައްކަވަން މަސައްކަތް ކުރައްވާފައިިވެއެވެ. އެގޮތުން ބުދަ ދުވަހުވެސް، މައުޟޫއިން ބޭރުން ވާހަކަ ދައްކަވާ، ކުރީ ޝަރީއަތުގައި ދެއްކެވި ވާހަކަތައް ފެއްޓެވުމުން ގާޒީ ހައިލަމް ވަނީ އެއީ މީގެ ކުރިން ފާހަގަކޮށްފައިވާކަމެއް ކަމަށް ވިދާޅުވެފައެވެ.

https://www.facebook.com/SanguTelevision/videos/383391692569330/?epa=SEARCH_BOX

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: