ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ސުޕަ ކަޕް ޕްރޮމޯޝަން ފަށައިފި!

އެސްޓީއޯ ސުޕަރ ކަޕް ޕްރޮމޯޝަންގެ ތެރެއިން / މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު: ފޮޓޯ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނަކާ އެކު އެސްސޓީއޯ ސުޕަމާޓުން “ސުޕަކަޕް” ބްރޭންޑްގެ ކަޕް ނޫޑްލްސް ތައާރަފުކޮށްފިއެވެ.

ސުޕަކަޕް ނޫޑްލްސް ޕްރޮމޯޝަނުގެ ދަށުން މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް، އެސްޓީއޯ ސުޕަމާޓް އަދި ރީޖަނަލް އައުޓްލެޓު ތަކުން ގަންނަ ކޮންމެ ސުޕަކަޕް ނޫޑްލްސް ތައްޓަކާއެކު ސްކްރެޗް އެންޑް ވިން ކާޑެއް ލިބޭނެއެވެ. އެ ޕްރޮމޯޝަނަށް ޖުމްލަ 200،000 ރުފިޔާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.

މި ޕްރޮމޯޝަންގައި ސުޕަ ކަޕް ނޫޑްލްސްގެ ފަސް ފްލޭވަރެއްގެ ކަޕް ނޫޑްލްސް ލިބެއެވެ. އަގުތައް އުޅެނީ 10 ރުފިޔާއާއި 12 ރުފިޔާއަށެވެ.

އެސްޓީއޯގެ ހުރިހާ ރަށްރަށެއްގެ ސޭލްސް ފިހާރައަކުން މި ކަޕް ނޫޑުލްސް ލިބޭނެއެވެ. ކޮންމެ ކަޕް ނޫޑްލްސްއެއްގައި ސްކްރެޗް އެންޑް ވިން ކާޑެއް ހިމަނާފައިވެއެވެ.

އެ ކުންފުނިން ބުނީ ސުޕަކަޕް ނޫޑްލްސްގެ ފަސް ރަހައެއް ތައާރަފުކޮށްފައިވާނެ ކަމަށާއި އެންމެ ހާއްސަ ރަހައަކީ “ކަޅު ކުޅި މަނިކުފާނު” ގެ ނަމުގައި ތައާރަފުކުރި ދިވެހިންގެ ރަހަތަކާ ގުޅޭ ކުޅި ނޫޑްލްސް ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގައި އޮތް ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: