ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްމިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްްޖެ އަތުވެއްޖެ

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ..ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް 1،13471 (އެއް މިލިއަން އެއް ލައްކަ ތިރީސް ހަތަރު ހާސް ހަތްދިހަ އެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިިނަސްޓަރ ވިދާޅުވީ، މިދިޔަ މަހުގެ ނިޔަލަށް 1.13 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.6 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އޮގަސްޓުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12.4 ޕަސެންޓް އިތުރުވެފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވީއެވެ. މިދިޔަ މަހު އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާ އިންނެވެ.

މިގެއިތުރުން އިންޑިއާ މާކެޓު ކުރިއަށް ޖެހިލިއިރު ތިންވަނާގައި އޮތީ އިޓަލީއެވެ. ހަތަރުވަނާގައި ޖަރުމަނު އޮތްއިރު ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެމެރިކާ އަދި ޔޫރަޕް މާކެޓުން ފާހަގަކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއިން ހޯފާދައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިމަހުގެ ނިޔަލަށް އެމެރިކާ ބައްރުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 25 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 15.6 ޕަސެންޓު އިތުރުވެފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 49731 (ސާޅީސް ނުވަ ހާސް ހަތްސަތޭކަ ތިރީސް އެއް) ޓޫރިސްޓު އެނދު ރެޖިސްޓްރީކޮށްފައިވާއިރު އޮޕަރޭޓު ކޮށްފައިވަނީ 46145 (ސާޅިސް ހަ ހާސް އެއް ސަތޭކަ ސާޅިސް ފަސް) އެނދެވެ.

އެ މުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު 12.4 ޕަސެންޓު އިތުރުވެފައިވާކަމަށް ވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ޓްރެވަލް ކުންފުނި އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ބޮޑު ހިއްސާއެއް އަދާކުރި އިނގިރޭސިވިލާތުގެ ކުންފުނި ތޯމަސް ކުކް ބަނގުރޫޓްވެ ކުއްލިއަކަށް އޮޕަރޭޝަންތައް ހުއްޓާލިއިރު، އެކުންފުނިން ރާއްޖެ އައި 804 ފަތުރުވެރިން ރާއްޖޭގައި ތިބިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެ ކުންފުނި ބަނގުރޫޓުވިކަން އިއުލާނު ކުރުމާއެކު ރާއްޖޭގައި ތިބި ފަތުރުވެރިންގެ ތެރެއިން ތޯމަސް ކުކް މެދުވެރިކޮށް އައިސްފައިވާ ފަތުރުވެރިން ދެނެގަނެ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފެށި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތޯމަސް ކުކް ބަނގުރޫޓުވިއިރު ރާއްޖޭގެ ބައެއް ކުންފުނިތަކަށާއި ރިސޯޓުތަކަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާވެސް ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތޯމަސް ކުކް ބަނގުރޫޓުވުމާއެކު އެކުންފުނިން ރާއްޖެ އައިސްތިބި ފަތުރުވެރިންނަށް އެހީވުމަށް އެއާޕޯޓުގައި ވަނީ ހެލްޕު ޑެސްކެއްވެސް ގާއިމްކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އިން ތޯމަސް ކުކް އާ ވެސް ބައްދަލުކޮށްފައިވާނެ ކަމަށެވެ. އެކުންފުނި ބަނގުރޫޓުވުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ކުޑަކުރުމަށް މަސައްކަތްތައް ފަށާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: