ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ ލީޑަރުން ކުރިމަތީ ރައީސް ސޯލިހު އިޒްރޭލާއި ދެކޮޅަށް، ފަލަސްތީނުގެ ހައްގުގައި!

ރައީސް ސޯލިހު އދ ގައި ތަގުރީ ކުރައްވަނީ. ހުންނެނީ ސާބިތުކަމާއެކު ފަލަސްތީނާއެކު. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުން މިހާރު ގެންދަނީ މީގެ ކުރިން ދުވަހަކު ވެސް ނަގައިނުލާ ވަރަށް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނަގައިލަމުން ކަމަށް ވިދާޅުވެ ދިވެހިރާއްޖެއިން އދ. ގައި ފާޅުކަންބޮޑުގޮތެއްގައި ފަލަސްތީނު ދިފާއުކުރައްވާ އިޒްރޭލަށް ފާޑު ވިދާޅުވެއްޖެއެވެ.

7 އަހަރު ފަހުން އދ. ގައި ރާއްޖެ ތަމްސީލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނު ރައްޔިތުން އެކަހެރިކޮށް ފަލަސްތީނުގެ ރައްޔިތުންނާއިމެދު ބޭއިންސާފުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ހުރިހާ ގަރާރަކާ ހިލާފަށްކަމަށެވެ.

ދުނިޔޭގެ ލީޑަރުން ކުރިފުޅުމަތީ ރައީސް ސޯލިހު ވިދާޅުވީ، އިޒްރޭލް ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ ފަލަސްތީނަށް މިނިވަން ވަކި ދައުލަތެއް ލިބިގެންކަމަށެވެ. އަދި 1967ގައި އެއްބަސްވި ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް މަޝްވަރާއަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ. އަދި މިމަޝްވަރާ ހިންގަން ޖެހޭނީ އިޒްރޭލް ހިމެނޭ ގޮތަށް އަރަބި ގައުމުތަކުގެ މެދުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގައި އދ. ގެ އެންމެހާ މެމްބަރު ގައުމުތަކުގެ އެއްބާރުލެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: