ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް އިތުރު މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފ.މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނުގެ މައްސަލައެއް ބެލުމަށް ނިންމާފައިވާކަމަށް ޖުޑީޝިއަލް ސާވިސް ކޮމީޝަން ޖޭއެސްސީއިން ހާމަކޮށްފިއެވެ.

ޖޭއެސްސީން މި ނިންމުން ނިންމީ އަނގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 66 ވަނަ ބައްދަލްވުމުގައެވެ. އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނި މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީން ފޮނުވާފައިވާ 23 މައްސަލައެއް މިއަދުގެ ބައްދަލުވުމަށް ތާވަލުކުރިކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ބަލަން ނިންމާފައިވާކަމަށް އެކޮމިޝަނުން ބުންޏެވެ. އެގޮތުން ބެލުމަށް ނިންމާފައިވަނީ މެޖިސްޓްރޭޓް އަބްދުއްސައްތާރުގެ މައްސަލަކަން ފާހަގަކޮށް ޖޭއެސްސީއިން ބުނެފައިވަނީ އެއީ ސުލޫކީ މައްސަަލައެއްކަމަށެވެ.

މީގެ އިތުުރުން ޖޭއެސްސީއިން ވަނީ ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފުގެ ސުލޫކީ ދެ މައްސަލައެއްވެސް ބެލުމަށް ނިންމާފައެވެ. ދާދިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެފަދަ މައްސަލަތައް ބެލުމަށްފަހު ބައެއް ފަނޑިޔާރުން ވަކިކުރުމަށް ވެސް ޖޭއެސްސީން ވަނީ ލަފާދީފަ އެވެ. އެ ލަފަޔާ އެއްގޮތަށް މަޖިލީހުން ފާސްކޮށް ބައެއް ފަނޑިޔާރުން މިހާރު ވަނީ މަގާމުންވެސް ދުރުކޮށްފައެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: