ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާދީނީގޮތުން ހައްދުފަހަނައަޅާފައިވާ ދިވެހިންތަކެއް ހިންގާ “ޖުހާ ޕޭޖް” ބޮލޮކް ކުރަނީ!

ފޭސްބުކް އެޕްލިކޭޝަން: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންތަކެއް އިސްވެ ތިބެ ލާދީނީގޮތުން ހައްދުފަހަނައަޅާފައިވާ މެސެޖުތައް ލިޔެ އިސްލާމް ދީނާއި ސުންނަތައް ހަޖޫ ޖަހައި ހިންގަމުން އަންނަ ފޭސްބުކް ޕޭޖް “ޖުހާ” ބްލޮކް ކުރުމަށް ފުލުހުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަށް ހުށައަޅައިފިއެވެ.

 ސަންގަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެ ޕޭޖް ބްލޮކް ކުރުމަށް މިނިސްޓްރީއަށް ރަސްމީކޮށް ލިޔުމުން އަންގާފައިވާކަމަށެވެ.

މީގެ އިތުރުން ސީދާ ފޭސްބުކަށް ރަސްމީކޮށް އެކަން އެގޮތަށް ކޮށްދެއްވުމަށް އެދިފައިވާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއިގުޅިގެން ސަންގަށް މައުލޫމާތު ދެއްވަމުން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު ވިދާޅުވީ ފުލުހުންގެ އިދާރާއިން އަންގާފައިވާގޮތަށް އެމަސައްކަތް ކުރިޔަށް ގެންދަވާނެކަމަށެވެ.

“މިއީ ތަންކޮޅެއް ބޮޑުވަރު، އަޅުގަނޑުމެންގެ ސަމާލުކަމަށް މިފަދަ ކަންކަން އައީމާ ދެއަތް އުރާލައިގެން ނުތިބޭނަން. ރާއްޖޭގައި މިއޮތް މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖަހައި ބޭނުންހާ ސަކަރާތެއް ނުޖެހޭނެ”. އަލީ ސާލިހު ވިދާޅުވިއެވެ.

ލާދީނީ ފޭސްބުކް ޕޭޖް “ޖުހާ” ބްލޮކް ކުރުމަށް އަމަލީގޮތުން ކުރެވެނީ ކޮން މަސައްކަތެއްތޯ ބެލުމަށް ސަންގުން އެންސީއައިޓީގެ އިސް އޮފިޝަލަކާ ސުވާލުކުރުމުން އޭނާ ބުނީ ގިނަ މައުލޫމާތުތައް ހުންނަނީ ދިވެހި ބަހުންކަމަށް ވުމުން އެ ޕޭޖް ބޮލްކް ކުރަންޖެހޭ ސަބަބުތައް ފޭސްބުކަށް ބަޔާންކޮށްދިމުގައި އިނގިރޭސި ބަހަށް އެހުރިހާ މައުލޫމާތުތަކެއް ތަރުޖަމާކުރުމަށްފަހު ފޮނުވަމުންދާ ކަމަށެވެ.

“މިފަދަ ޕޭޖްތައް ބްލޮކް ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން، ލިޔެފައި މިހުންނަނީ ދިވެހި ބަހުން، ފޭސްބުކަށް އެބަ އޮޅުންފިލުވަދޭންޖެހޭ ހޭޓް ސްޕީޗަކަށް ވާގޮތް، ރާއްޖޭގެ ގާނޫނުތަކުގައި ލިޔެ ބަޔާންކޮށް އަމަލުކުރާ އުސޫލްތައްވެސް އެބަ ބަޔާންކޮށްދޭންޖެހޭ، މިކަން ކާމިޔާބު ކުރެވޭނެ ގޮތް އެބަ އިނގޭ، އެހެން ނަމަވެސް ކުރަންޖެހެނީ ވަރަށް ބޮޑު މަސައްކަތެއް” އޮފިޝަލް ވިދާޅުވިއެވެ.

ޖުހާ ޕޭޖާއި އަދި މިނޫންވެސް މިނިވަން ފިކުރުކަމަށް ބުނެ ހައްދުފަހަނައަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ ފޭސްބުކް ޕޭޖްތައް ގިނަ ދިވެހިން އަންނަނީ ރިޕޯޓްކޮށް ބްލޮކް ކުރަމުންނެވެ. އާންމުންގެ ގިނަ ބަޔަކު ވަނީ މިކަމާއި ގުޅޭ ކެމްޕެއިނެއްވެސް މީސް މީޑިއާގައި ފަށާފައެވެ. އެގޮތުގެ މަތިން އެފަދަ ޕޭޖުތަކުގެ ތާއީދު ކުޑަކުރުމުގެ ގޮތުން ޕޭޖަށް ލައިކް ދީފައިވާ ފަރާތްތަކަށް އަންލައިކް ކުރުމަށް ގޮވާލައި ޕޭޖް ރިޕޯޓްކޮށް ބްލޮކް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: