ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި ބަދަލުތަކެއް ގެންނާން: ނައިބު ރައީސް

ރާއްޖޭގައި ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތްކުރާ ބައެއް ފަރާތްތަކާއި އެކު ނައިބު ރައީސް ފައިސަލް ނަސީމް ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުޅަނދުފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކައިރި މުސްތަގުބަލެއްގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާ ވީހާވެސް ދުރަށް ބަދަލުކުރުމުގައި ސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަކޮށްދެއްވައި މިހާރުން މިހާރަށްވެސް އުޅަނދުފަހަރަށް ތެޔޮއެޅުމާއި ތެޔޮއުފުލާ އުޅަނދުފަހަރުގެ ކަންކަން ބަލައި މޮނިޓަރކޮށް ކަންކަން ހަރުދަނާކުރުމަށް ބައެއް ކަހަލަ ބަދަލުތައް ގެންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ތެޔޮ ސަޕްލައިކުރުމުގެ މަސައްކަތްކުރާ ބައެއް ފަރާތްތަކާއި އެކު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

މި މި ބައްދަލުވުމުގައި މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލާއި ޑީސަލް ފަދަ ތަކެތި ސަޕްލައިކުރުމާއި އޮޑިދޯނި ފަހަރަށް ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްދާ ގޮތުގެ މައުލޫމާތު ނައިބު ރައީސް އޮޅުންފިއްލެވިއެވެ. އަދި މިހާރު ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ސަރަހައްދުތަކުގެ ހާލަތު ހުރިގޮތާއި މިހާރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ނައިބު ރައީސް ވަނީ މިހާރު މާލޭގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދާ ބައެއް ސަރަހައްދުތަކުގެ އިންތިޒާމުތައް ރަނގަޅުކޮށް ކަންކަން ހަރުދަނާކުރުމަށް މިހާރުން މިހާރަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް އެފަރާތްތަކާއި ހިއްސާ ކުރައްވާފައެވެ.

އެސްޓީއޯއާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ އިތުރުން ޕޯޓްސް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި، މިހާރު މާލެ ސަރަހައްދުގައި ތެޔޮއެޅުމުގެ ކަންކަން ކުރިޔަށްގެންދިއުމުގައި މިހާރުން މިހާރަށް ރަނގަޅުކުރަންހުރި ކަންކަމާއި ތެޔޮ ސަޕްލައި ކުރާ ފަރާތްތަކުގެ ހައިސިއްޔަތުން ކަންކަން ރަނގަޅުކޮށް ހަރުދަނާކުރުމަށް އެފަރާތްތަކަށް އަދާކުރެވިދާނެ ދައުރު އެފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: