ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމަށް 57 މިލިއަން ރުފިޔާ

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް. ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ.ހަނިމާދޫ ބަނދަރު އަޕްގުރޭޑް ކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގަައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އަދި އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ ސިއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

ހަނިމާދޫ ބަނދަރަކީ 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރާ ބަނދަރެއް…

މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 57.1 މިލިއަން ރުފިޔާއަށް ބަޖެޓުކޮށް 425 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ޕްލޭނިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 355 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހެދުން 270 މީޓަރުގެ އެއްގަމު ތޮށި ހެދުން، ދެ ނެރުބައްތި ޖެހުން، 20 ބަނދަރު ބައްތި ޖެހުން، އެއް ރޭމްޕް ހެދުން، 2583 ސްކެއަރ މީޓަރުގެ ޕޭވްމެންޓް ހެދުން، 10 މޫރިންގް ބްލޮކް ހެދުން، 90 މީޓަރު ގުރޯއިން ހެދުމާއި 50 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން 53،522 ކިއުބް މީޓަރަށް ބަނދަރު ފުންކުރުމާއި 31،575 މީޓަރަށް ނެރު ފުންކުރުންވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: