ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމާއި މެދު މަޝްވަރާކޮށްފި

އދ.ގެ އާއްމު މަޖިލީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ:ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި ބެހޭ ގޮތުން ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝަހިދު މަޝްވަރާކުރައްވައިފިއެވެ.

އެކަމާއި ގުޅިގެން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަދާ އދ. ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުކުރެއްވުމުގައިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީއިން ބުނީ، އާއްމު މަޖިލީހުގެ ހަވާސާގައި ބަޙްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު ބިން އަހުމަދު އަލް ޚަލީފާ އާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވި ކަމަށެވެ. އެ  ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއަރ ސަރވިސް އެގްރިމެންޓާއި ގުޅޭގޮތުންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން އިން މައުލޫމާތު ދިނެވެ.

މިނިސްޓަރ ޝާހިދު ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސް ސާލިހްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން  ޔުނިވަރސަލް ހެލްތު ކަވަރޭޖާއި ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވީވެސް މިނިސްޓަރ ޝާހިދެވެ. އެއީ ވެސް  އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: