ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫރްބާން ފަހުމީ، ގާބިލް ކެރޭ އަންހެން ކަނބަލެއް!

ނޫރްބާން ފަހުމީ، ގާނޫނީ ދާއިރާގައި މަސައްކަތްކުރާ އަންހެން ކަނބަލުން ކުރިއެވުމުގެ އުންމީދުގައި: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ ޗީފް އޮޕަރޭޓިނގް އޮފިސަރ އަދި ލީގަލް ކައުންސަލް އަލްއުސްތާޛާ ނުރުބާން ފަހުމީ 28 ސެޕްޓެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެގެޓިވް ކޮމިޓީގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ނިންމަވައިފިއެވެ.

އަލްއުސްތާޛާ ނުރުބާން ފަހުމީ ދަނީ 2011 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ޚިދުމަތްކުރަމުންނެވެ. މިވަގުތު ނޫރުބާން މަސައްކަތްކުރަމުން ދަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ ޗީފް އޮޕަރޭޓިނގް އޮފިސަރ އަދި ލީގަލް ކައުންސަލްގެ ގޮތުގައެވެ.

މީގެއިތުރުން ދިވެހިރާއްޖޭގޭ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރެއްގެ ގޮތުގައިވެސް ނޫރުބާން ދަނީ މަސައްކަތްކުރަމުންނެވެ.

ހަމަ އެއާއެކު، ނޫރުބާންއަކީ ކިންގްސް އެޓާރނީސް އެންޑް ކޮންސަލްޓަންޓްސްގެ މެނޭޖިން ޑިރެކްޓަރއެވެ.

ފާހަގަކޮށްލެވޭ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަދި ވިމެން އޮން ބޯޑްސް ފަދަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގައި ނޫރުބާން ޚިދުމަތްކޮށްފައިވެއެވެ.

https://twitter.com/Noorbaan/status/1176149033833775104

ތަޢުލީމީ ސަނަދުތަކަށް ބަލާއިރު، ނޫރުބާން ވަނީ 2017 ވަނަ އަހަރު، ސޮއާސް ޔުނިވަރިސީ އޮފް ލަންޑަން އިން މާސްޓަރސް އިން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ފުރިހަމަކޮށްފައެވެ. އަދި 2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާރސިޓީ އޮފް ބްރިސްޓަލް އިން އެލް.އެލްބީ (ލޯ ޑިގްރީ) ފުރިމަހަކޮށްފައެވެ.

“ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި، ޤާނޫނީ ފަންނުގެ ދާއިރާ ހަރުދަނާކޮށް، ކުރިއަރުވާ، ޤާނޫނީ ވަކީލުންގެ މަސްލަހަތާއި ހައްޤުތައް ރައްކާތެރިކުރުމަށް އަޅުގަނޑުގެ ޤާބިލިއްޔަތާއި ލަޔާގަތުން ޚިދުމަތްކުރުމަކީ އަޅުގަނޑުގެ ތަސައްވުރެއް.” ނޫރުބާން ފަހުމީ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތެރެއިން ނިސްބަތުން %57 ވަކީލުންނަކީ އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންނެވެ. ޤާނޫނީ ދާއިރާއަށް އަލަށް ނިކުންނަމުންދާ ވަކީލުންނަށް އެކަށީގެންވާ ތަމްރީނާ، ތަޖުރިބާ، އަދި ފުރުސަތު ލިބިގެންދާނެ ގޮތްތައް ކަށަވަރުކުރުމަށް މަސައްކަތްކުރަމަކީ، މި މާޤާމަށް ކުރިމަތިލުމުގެ މައިގަނޑު އެއް މަޤްސަދު ކަމުގައި ނޫރުބާން ފާހަގަކުރައްވައެވެ.

ޒުވާން ވަކީލުންގެ ވިސްނުމާ، ފިކުރު، އަދި މަސްލަހަތު ހައްޤުގޮތުގައި ރައްކާތެރިކޮށް ކުރިއެރުވުމަކީ އުސްތާޛާގެ އުންމީދެއްކަމުގައި ފާހަގަކުރެއްވިއެވެ.

ޤާނޫނީ ވަކީލުންގެ ތެރެއިން ނިސްބަތުން %43 އަކީ އަންހެން ވަކީލުންކަމުގައި ވީހިނދު، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އަންހެނުން ތަމްސީލުވުމަކީ ޤާނޫނީ ފަންނުގެ ދާއިރާ ހަރުދަނާކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެކަމެއްކަމުގައި ނޫރުބާން ފާހަގަކުރެއްވިއެވެ.

ޤާނޫނީ ވަކީލުންގެ ފަރާތުން ބާކައުންސިލްގެ އެގް ޒެކެޓިވް ކޮމިޓީގެ ބައި އެލެކްޝަންގައި ބައިވެރިވެ ވޯޓުލުމަށް ނޫރުބާން އެދިވަޑައިގަނެއެވެ.

އަދި ވަކިން ހާއްސަ ގޮތެއްގައި ޒުވާން ވަކީލުންނާއި، އުސްތާޛާއިންނަށް އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަ ލޮބުވެތި ވާކީލުންގެ ހައްޤުގައި މަސައްކަތްކުރާނެ މަންދޫބެއްގެ ގޮތުގައި އަޅުގަނޑު އިންތިޙާބު ކޮށްދިނުމެވެ.” ނޫރުބާން ފަހުމީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: