ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ މުވައްޒަފުން މިއަދު އޮފީހަށް ދިޔައީ ފައިމަގުގައި!

އެސްޓީއޯގެ ހުރިހާ މުވަޒަފުން މިއަދު އޮފީހަށް ދިޔައީ ފައިމަގުގައި. ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން “ވޯކް ޓު ވަރކްގެ” ނަމުގައި ހިނގާފައި މަސައްކަތަށް ނުކުންނަ ދުވަހެއް ފާހަގަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ހުރިހާ މުވަޒަފުން މިއަދު އޮފީހަށް ދިޔައީ ފައިމަގުގައި ހިނގާފައި ކަމަށެވެ.

https://twitter.com/stoplc/status/1176361582424547329?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fsun.mv%2F124794%2F%3Futm_source%3Ddesktop%26utm_medium%3Dcpc%26utm_campaign%3DdesktopNotifications

މި ދުވަސް ހިނގާފައި އޮފީހަށް އަންނަ ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ ސިއްހީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ބާރުއަޅާ ކަމެއް ކުރުމުގެ އިތުރުން، ތިމާވެއްޓަށްޓަކައި ފަރުދީގޮތުން ކަމެއް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެސްޓީއޯގެ މުވައްޒަފުން މިއަދު އޮފީހަށް ދިޔައީ ހިނގާފައި. ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ މިއީ އެކުންފުނިން މިފަދަ ހަރަކާތެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރު ކަމަށާއި ކުރިއަށް އޮތްތަނުގައި މިފަދަ ހަރަކާތްތަށް އިތުރުކުރާނެ ކަމަށެވެ.

އެސްޓީއޯއިންވަނީ ތިމާވެއްޓާ ރައްޓެހި އާދަތަށް އަށަގެންނެވުމުގެ ގޮތުން އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ޕީޕަލްސް ޗޮއިސް ސުޕަމާޓަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން ބާޒާރުކުރަންދާ ފަރާތްތަކުގެ ބިލުން 2 އިންސައްތައިގެ ޑިސްކައުންޓެއް ދޭންވެސް ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: