ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު މުއިއްޒު ދެއްކި ވާހަކަ ތަހުގީގު ކުރަންޖެހޭ: އާދަމް ޝަރީފް އުމަރު

އިދިކޮޅުގެ އިސް ބައެއް ފަރާތްތައް.. ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވުމުން އެކަން ތަހުގީގްކޮށް އަދުގެ ސަރުކާރުން ރައްޔިތުންނަށް  ސާފުވާމިންވަރަށް ބުނެދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، ހޯމަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ދެއްކެވި ވާހަކައިގެ ހަގީގަތް ބަލަންޖެހޭނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މުއިއްޒު ލިޔުއްވި ފޭސްބުކް ޕޯސްޓުގެ މައްސަލާގައި އެއްވެސް ފަރާތަކުން އެއްޗެއް ވިދާޅުވެފައި ނެތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މުއިއްޒު ދެއްކެވި ވާހަކަތަކަކީ ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. ޓެރަރިޒަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ސަމާސާ ވާހަކަތަކެއް ނޫން ކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެއީ ވަރަށް ސީރިއަސް ވާހަކައެއް ކަމަށެވެ.

އެހެންކަމުން ކަމާ ބެހޭ އިދާރާތަކުން އެމައްސަލަ ތަހުގީގު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު އެފަދަ ވާހަކައެއް ދައްކަވާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމަށާއި، މުއިއްޒު އަކީ މަޖިލީހުގައި ވެސް ބަސް މަދު ބޭފުޅަކަށްވާއިރު، އެހާ ބޮޑު ތުހުމަތެއް އޭނާ ކުރައްވާނީ ކޮންމެވެސް ކަމަކާ ގުޅިގެން ކަމަށެވެ.

އާދަމް ޝަރީފް އެފަދައިން ވާހަކަފުޅު ދައްކަފައިވާއިރު، ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ އަލިފާނުގެ ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރަމުން ކަމަށާއި، މި މައްސަލައިގެ ތަހުގީގު ކުރިޔަށްދާތީ  އަދިވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ. ފުލުހުން ވަނީ އެ އަލިފާނުގެ ހާދިސާއަކީ ޓެރެރިސްޓް ހަމަލާއެއް ކަމަށް ޝައްކު ނުކުރެވޭ ކަމަށްވެސް ބުނެފައެވެ.

ޓެރަރިޒަމް ވަރަށް ފުޅާ މިނެއްގައި މާނަކޮށް، ފުލުހުންނަށް ބޮޑެތި ބާރުތަކެއްދީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރުވެސް ޓެރަރިޒަމްގެ ބިލެއް އެބައޮތް ކަމަށާއި އެ ބިލުން ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ނަމަ އެކަން ހުއްޓުވުމަށް ގޮންޖެހުމެއް އޮތްނަމަ، އެކަން ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އަވަސް އަރުވާލާގެން އެ ބިލް ފާސް ކުރަން އެއުޅޭނީ، ވަކި ޓާގެޓް ގުރޫޕެއް ނުވަތަ ވަކި ބަޔަކު ތިބެގެން މަސައްކަތް ކުރަމުންދާތީކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީީ، އެފަދަ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް އޮތް ކުރިމަތިވެފައި އޮތް ނަމަ، މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކޮމީޓީތަކުން ކުރަންޖެހޭ ކަންތައް ކުރުމަށް އަވަސް ކުރުމަށް މަޖިލީހުގެ ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ.

އޭނާގެ ވާހަކައިގައި ވަނީ ސަރުކާރުން އެހާ އަވަސް އަރުވާލައިގެން އެ ބިލް ފާސްކުރަން މަސައްކަތް ކުރަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮވެގެން ތޯ އަހައި ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އާދަމް ޝަރީފު ވިދާޅުވީ، ބިލަށް އާންމުގެ ހިޔާޅު ހުޅުވާޅީ އެއް ދުވަަހަށް ކަމަށާއި މިވަރުގެ ބޮޑު ކަމެއްގައި އެއީ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ނުުކުރައްވާކަމަށެވެ. އަދި ހިޔާލު ހުށަހެޅުމަށް ހަތް ދުވަސް އިތުރު ކުރުމަށް މަޖިލީހުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް އުމަރުގެ ވާހަކައިގައި ވަނީ ސަރުކާރުން ޓެރެރިޒަމުން ގައުމު ސަލަމާތް ކުރަން ކުރާ ހުރިހާ މަސައްކަތްއަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: